އެމްޑީޕީން މާލޭގައި މި މަހުގެ 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު މުޒާހަރާ އެހެން ތާރީހަކަށް ފަސްކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ނިންމައިފި އެވެ.

އެގޮތަށް ނިއްމީ މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެއްވުން ލަސްކުރުމާމެދު ގޮތެއް ނިންމަން އެ އެއްވުން ރޭވުމަށް އެކުލަވާލި ކޮމިޓީންހުށައެޅި ހުށައެޅުމާއި ގުޅިގެންނެވެ. ކޮމިޓީން އެދުނު ގޮތަށް އެއްވުން ލަސްކުރަން ގައުމީ މަޖިލިސް މެންބަރުންގެ އިއްތިފާގުން މިރޭ ވަނީ ފާސްކޮށްފައެވެ.

އެހެން ނަމަވެސް، ދެން އެއްވުން އޮންނާނެ ދުވަހެއް އެމްޑީޕީން ހާމައެެއް ނުކުރެއެވެ.

މިރޭގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަނުގެ ނައިބު އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވީ އެއްވުން ރޭވުމަށް ކުރި މަސައްކަތްތަކަށް ސަރުކާރުން އެކި ގޮތްގޮތުން ހުރަސް އަޅަމުން ގެންދާ ކަމަށެވެ.އެގޮތުން، އެކި ސަބަބުތައް ދައްކާ މާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވުން ބޭއްވުމަށް ސަރުކާރުން ހުއްދަ ދީފައި ނުވުމާއި، އެއްވުމާއި ގުޅިގެން ދަމަމުން ދިޔަ ބެނާތައް ނެގުމާއި، އެއްވުން އޮންނަކަން އެންގުމަށް އަޑުގަދަކުރާ އާއެކު ދުއްވަން ނިކުތް ޕިކަޕުތަކަށް ފުލުހުން ހުރަސް އަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް