ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ.
މި އެއަރޕޯޓު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މިރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މަންދޫބު، ކިންޖަރަޕު ރާމް މޯހަން ނައިޑޫ ބައިވެރިވެވަޑައިގެންނެވިއެވެ.ވމި ރަސްމިއްޔާތަށް ރައީސްގެ ދެކަނބަލުން ހަނިމާދުއަށް ވަޑައިގެންނެވީ، ާ320ގެ މަރުކާގެ މަތިންދާ ބޯޓެއްގައެވެ. އެއީ، މިހާތަނަށް އެ އެއާޕޯޓަށް ޖެއްސި އެންމެ ބޮޑު މަތިންދާބޯޓު ކަން ފާހަގަކުރެވެއެެވެ.
ރޭ އެއާޕޯޓު ހުޅުވުމަށް ތިން މިނެޓަށް ހަވާ އެރުވިއެވެ. އަދި އެކަމުގެ އުފަލުގައި އަތޮޅުގެ އެކި ރަށްތަކުން ވަނީ ކޭންތައް ވަނީ ގެންގޮސްފައެވެ.
ހަނިމާދޫ އެއާޕޯޓު ހުޅުވާފައިވަނީ ޒަމާނީ ވަސީލަތްތަކާ އެކީގައެވެ. މި އެއާޕޯޓު ހުޅުވީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ 10،300 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލްއަކާ އެކީގައި ކަން ފާހަގަކުރެވެއެވެ.
އެއާޕޯޓުގެ 2،465 މީޓަރު ދިގު ރަންވޭއަކީ ނެރޯ ބޮޑީގެ ހުރިހާ ވައްތަރެއްގެ މަތިންދާ ބޯޓު ޖެއްސޭވަރުގެ ރަންވޭއެކެވެ. އަދި، ފިއުލް ފާމަކާއި ކާގޯ ޓާމިނަލްއެއް ވަނީ ތަރައްގީކޮށްފައިވާއިރު މި އެއާޕޯޓުގައި ދިވެހި ފަންނުވެރިންގެ ހުނަރު ދައްކުވައިދޭ ކުރެހުންތައް ހިމެނެއެވެ.
އެއާޕޯޓު ހުޅުވުމަށް ފަހު ރައީސް މުއިއްޒާއި ސަރުކާރުގެ އިސްވެރިން ވަނީ އެއާޕޯޓު ބައްލަވާލެއްވިއެވެ.
ހަނިމާދޫ އެއާޕޯޓު ޒަމާނީ ކުރުމުގެ މަޝްރޫއަކީ ކުރީގެ ރައީސް ސާލިޙް ސަރުކާރުގައި 2019 ވަނަ އަހަރު، އިންޑިއާއާ އެކު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. ޖުމުލަ 136.6 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހިންގި މި މަޝްރޫއު ހަވާލުކުރީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ. މި އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރު އެވެ.

ކިޔުންތެރިންގެ ހިޔާލު