ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވުމާއެކު އެއާޕޯޓާއި ގުޅުވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކެމްޕޭން ތެރޭގައި ދެއްކެވި ވާހަކަފުޅު އެމްޑީޕީގެ ރައީސް އަބުދު ﷲ ޝާހިދު ހަނދާންކޮށްދެއްވައިފިއެެވެ.
ހަވާ އެރުވުމުގެ ކުލަގަދަ ރަސްމިއްޔާތަކާއެކު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރައީސް މުޢިއްޒު ރޭ ވަނީ ރަސްމީކޮށް ހުޅުއްވައި ދެއްވާފައެެވެ.
މި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ފެށިގެން ދިޔަ މުހިންމު މަޝްރޫޢެކެވެ.
ހަނިމާދޫ އެއާޕޯޓް ހުޅުވުމާއި ގުޅިގެން ރައީސް ޞާލިޙުގެ ސަރުކާރުގެ ކުރީގެ ޚާރިޖީ ވަޒީރު އަބުދުﷲ ޝާހިދު ވަނީ، ރައީސް ޞާލިޙަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މި އެއަރޕޯޓް ހުޅުވުމާއި ގުޅިގެން ޝާހިދު ވަނީ ހަނިމާދޫ އެއާޕޯޓް މަޝްރޫޢާ ގުޅޭގޮތުން ޑރ. މުޢިއްޒު ކެމްޕޭން ތެރޭގައި ދެއްކެވި ވާހަކަތަކުގެ ހަނދާން އާކުރައްވާފައެެވެ.
އެގޮތުން ޝާހިދު ވިދާޅުވީ ރައީސް ޑރ. މުޢިއްޒާއި އޭރުގެ ޕީޕީއެމް-ޕީއެންސީ އިދިކޮޅުގައި އޭރު ތިބިއިރު ހަނިމާދޫ އެއަރޕޯޓް މަޝްރޫޢަކީ އިންޑިއާގެ ސިފައިންގެ މަޝްރޫޢެއް ކަމަށް ސިފަކުރެއްވި ކަމަށެވެ. އަދި އެދުވަސްވަރު މި މަޝްރޫޢުގައި އުޅުނު އިމާރާތްކުރާ މަސައްކަތްތެރިންނަކީ އިންޑިއާގެ ސިފައިން ކަމަށް ބުނެ، ނުރައްކާތެރި ޤައުމިއްޔަތުގެ ވާހަކަތަކެއް އުފެއްދިކަން ޝާހިދު ފާހަަގަކުރެއްވިއެވެ.
މަޖިލީހުގެ ކުރީގެ ރައީސް ކަން ކުރެއްވި ޝާހިދު ވިދާޅުވީ އޭރު އިންޑިއާގެ އެހީތެރިކަމާއެކު ކުރިއަށްގެންދެވުނު ކޮންމެ މަޝްރޫޢަކީވެސް އިންޑިއާއާ ދެކޮޅަށް ރައްޔިތުންގެ ހިތްތަކުގައި ރުޅިވެރިކަން އުފެއްދުމަށް ސިޔާސީކުރެވުނު ކަންކަން ކަމަށާއި ބައިނަލްއަޤްވާމީ އެއްބާރުލުން ސިޔާސީ ހަތިޔާރަކަށް ބަދަލުކުރެވުނު ކަމަށެވެ.
އެކަންކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ މި އަޖައިބު ބަދަލާއެކު، ރައީސް މުޢިއްޒު މިހާރު ރަސްމީކޮށް ހުޅުއްވައިދެއްވާފައިވަނީ އިންތިޚާބީ ކެމްޕޭނުގައި އެމަނިކުފާނު ކުށްވެރިކުރެއްވި ހަމަ އެ މަޝްރޫޢު ކަމަށެވެ. މިއީ އެމަނިކުފާނުގެ ސަރުކާރުން ކުރިން ނުބައިކޮށް ދެއްކެވި ހަމަ އެ ބައިވެރިންގެ އެހީތެރިކަމާއެކު ވުޖޫދަށް ގެނެވުނު މަޝްރޫޢެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކޮށްފައިވާ އައު ޕަސެންޖަރ ޓަރމިނަލަކީ، އަހަރަކު 1.3 މިލިއަން ފަސެންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ 10380 އަކަ މީޓަރުގެ ބޮޑު ޓަރމިނަލެކެވެ.

ކިޔުންތެރިންގެ ހިޔާލު