ތަރައްޤީގެ މަޝްރޫޢުތައް ކުންފުނިތަކާ ހަވާލުކުރަން ވާނީ ކޮރަޕްޝަނާއި ފަސާދައަށް އޮތް ފުރުސަތު ނުލިބޭ ގޮތަށް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވެފައި މިވަނީ ސަރުކާރުން ބީލަމަށް ނުލައި ބަހާލި 206 ޕްރޮޖެކްޓުތަކުގެ ތެރެއިން 658.7 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު، ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ކުންފުނިތަކާ ހަވާލުކޮށްފައި ވާކަން ހާމަވެފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ފައިސަލް ވިދާޅުވީ ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫއުތައް ހަވާލު ކުރާނެ ފަރާތްތައް ކަނޑައަޅަން ވާނީ، ވާދަވެރި ބީލަމަށް ހުޅުވާލައި، އެ މަޝްރޫއުތައްހިންގުމަށް ޝައުޤުވެރިވާ ހުރިހާ ކުންފުނި ތަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުސަތު ދީގެން ކަމަށެވެ.
އަދި މަޝްރޫއުތައް ހަވާލު ކުރަން ވާނީ އިންސާފުވެރި ކަމާއެކު، ދެފުށް ފެންނަ އަދި ހާމަކަން ބޮޑު ގޮތެއްގައި ބީލަންތައް އިވެލުއޭޓްކޮށް، ކޮރަޕްޝަނާއި ފަސާދަ އަށް އޮތް ފުރުސަތުތައް ނައްތާލައި، ދައުލަތާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތުގައި ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.
ފައިސަލް ވިދާޅުވީ ސަރުކާރުގެ ޕްރޮކިއުމެންޓް އުސޫލުތައް ވާން ޖެހޭނީ އާންމު ރައްޔިތުންނަށް ވެސް، އިތުބާރު އޮންނަ އަދި ބަލައި ގަނެވޭ އުސޫލުތަކަކަށް ކަމަށެވެ. އެހެން ނޫން ނަމަ ޤައުމުގެ އިޤުތިޞާދަށް ނުހަނު ބޮޑެތި ގެއްލުންތައް ލިބި، ވިޔަފާރިތަކާއި އާންމު ރައްޔިތުންނަށް ވެސް އޭގެ ގެއްލުމާއި ދަތިތަކާއި ތަކުލީފުތައް އުފުލަން ޖެހޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
"ވާދަވެރި ބީލަމަކަށް ހުޅުވާ ނުލައި، ސަރުކާރުން ބޭނުންވާ ވަކި ބަޔަކަށް 2 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަޝްރޫއުތައް ހަވާލުކުރި ކުރުމަކީ، ކޮރަޕްޝަނުގެ ތުހުމަތުތައް ކުރެވޭ އަދި އެތައް ބައެއްގެ ކަންބޮޑުވުން އޮތް ކަމެއްކަމުގައި ވީއިރު، މިކަމާ މެދު ސަރުކާރު އަލުން ވިސްނަން ޖެހޭ ކަމުގައި ދެކެން." ފައިސަލް ވިދާޅުވިއެވެ.
ފައިސަލް މިހެން ވިދާޅުވެފައިވާއިރު، ބީލަމަށް ނުލައި މަޝްރޫޢުތައް ކުންފުނިތަކާ ހަވާލުކުރުމުގެ ސަބަބުން އިދިކޮޅު ފަރާތްތަކުންނާއި، އާންމުންގެ ތެރެއިން ގިނަ ބަޔަކުވެސް ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު