އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ސަޢުދީ އެއާލައިންގެ އިސް ބޭފުޅުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވަނީ ސަޢުދީ އެއާލައިންގެ ފަރާތުން ދިވެހި ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް ދެއްވަވާ ޚިދުމަތްތަކާއި ބަހައްޓަވާ ގާތްކަމަށްޓަކައި، ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނަށް އަދި ސަޢުދީ އެއާލައިންގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސަޢުދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާއި ދެމެދު ދަތުރުތައް އޮތުމަކީ ދިވެހި ރައްޔިތުންނަށާއި، ޚާއްސަކޮށް ޙައްޖާއި ޢުމްރާއަށް ދާ ފަރާތްތަކަށް ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާކަމެއް ކަމަށެވެ.
މީގެ އިތުރުން ކޮންމެ ޙައްޖު މޫސުމެއްގައިވެސް ދިވެހި ޙައްޖުވެރިން އުފުލުމުގައި ވަރަށް އިސްކަމެއް ދެއްވައިގެން ސަޢުދީ އެއާލައިނުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ އަގު ވަޒަންކުރާކަމަށާައި ދިވެހި ސަރުކާރުން އެކަން ފާހަގަކުރައްވާކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ބައްދަލުކުރެއްވުމުގައި ދިވެހި ޤައުމީ އެއާލައިން، މޯލްޑިވިއަންގެ އިސް އޮފިޝަލުން ވެސް ބައިވެރިވެފައިވާ ކަމަށެވެ.
ސަޢުދީ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިނިސްޓަރ ވަނީ ސަޢުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓަރ ޑރ. ތަޢުފީޤް އަލްރާބިޢާ އާއި ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދު ޙައްޖުގެ ޚިދުމަތާއި ބެހޭ އެއްބަސްވުމުގައިވެސް ވަނީ ސޮއިކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު