މި ސަރުކާރަށް ކުރެވޭނެ ހަމައެކަނި ކަމަކީ މީހުން ވާ ވެއްދުން ކަމަށާއި އެހެން ކަމެއް ނުކުރެވޭނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެެވެ.

އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި އަމީރު މިހެން ވިދާޅުވީ ކުރީގެ ސަރުކާރުން ތަރައްޤީކުރަން ފެށި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމާއި ގުޅިގެން ސަރުކާރުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި ސަރުކާރުން ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ނިމުމުން ވަރަށް ފޯރީގައި ހުޅުވަމުންދާ ކަމަށެވެ. އެގޮތުން، މި ސަރުކާރު އައި އިރު ހަނިމާދޫ އެއާޕޯޓް މަސައްކަތްތަކުގެ ތެރެއިން ނިމިފައި ހުރީ 30 އިންސާއްތަ ކަމަށާއި ސަރުކާރާ ހަވާލުވެގެން މަސައްކަތުގެ ސްޕީޑް އަވަސްކޮށް ނިންމާލީ ކަމަށް ބުނެ ސަރުކާރުން އެ މަޝްރޫޢުގެ ކްރެޑިޓް ނަގަން މަސައްކަތް ކުރަމުންދާ ކަމަށް އަމީރު ވިދާޅުވިއެެވެ.



ނަމަވެސް، އަމީރު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ވެސް ހުޅުވުނީ، ކުރިން ރައީސް ސާލިޙްގެ ސަރުކާރުންވެސް ބުނަމުން އައި ހަމަ އެގްރިމެންޓްގައި މަސައްކަތް ނިންމަން އޮތް ތާރީޚަށް ކަމަށެވެ. ހަމަ އެފަދައިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ނިންމާ، އެއާޕޯޓް ހުޅުވަންވެސް ވަރަށް ގިނަ ތާރީޚްތައް ސަރުކާރުން ދިން ނަމަވެސް، އެ މަޝްރޫއުވެސް ހުޅުވުނީ ހަމަ ކުރީ ސަރުކާރުގައި ވެސް އެގްރިމެންޓްގަ އޮތް ގޮތަށް، އެއްބަސްވުމުގައިވާ މުއްދަތަށް ކަމަށް އަމީރު ވަނީ ފާހަަގަކުރައްވާފައެވެ.

"ވީ އަވަހެއް ނެތް. ތިބޭފުޅުންނަށް ހަމައެކަނި ކުރެވޭނެ ކަމަކީ މީހުން ވާ ވެއްދުން! އެހެންކަމެއް ނުކުރެވޭނެ،" އަމީރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް