މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާދަމާ ބާއްވާ ރަސްމީ ޖަލްސާގައި 130 ފަރާތަކަށް އިނާމު ދޭން ނިންމައިފިއެވެ.
ރައީސް އޮފީހުން ބުނީ މާދަމާގެ ހެނދުނު 8:30 ގައި ސޯޝަލް ސެންޓަރުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 97 ފަރާތަކަށް އަދި މަތީ ދަރަޖަ ހޯދި 33 މީހަކު ހިމެނޭ ގޮތުން ޖުމުލަ 130 މީހަކަށް އިނާމު ދޭގޮތަށް ހަަމަޖެހިފައިވާ ކަމަށެވެ.
ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 97 ފަރާތަކީ 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅުންނެވެ. ރައީސް އޮފީހުން ބުނިގޮތުގައި އެ އިނާމަށް އެކި ފަރާތްތަށް ހޮވީ ގައުމީ އިނާމާ ބެހޭ ކޮމިޓީންނެވެ. އަދި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ބޭފުޅުން ހޮވުމުގެ ކަންކަން ކުރިއަށް ގެންދިޔައީ، ހާއްސަ އިނާމާ ބެހޭ ކޮމިޓީން ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު