ރާއްޖެ ތަރައްޤީ ވާނީ ވިޔަފާރީގެ ގޮތުން ދުނިޔެއާ ގުޅާލެވިގެން ކަމަށާއި، އެއީ އެމްޑީޕީގެ ލަސްކަރުގެ ވިސްނުން ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ސަރުކާރުން ފެށި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މިހާރުގެ ސަރުކާރުން ރަސްމީކޮށް ހުޅުވުމާއި ގުޅިގެން، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މޫސާ މަނިކު (ރީކޯ) ވަނީ ރާއްޖޭގެ ތަރައްޤީއާ ބެހޭގޮތުން އެމްޑީޕީގެ ވިސްނުން ހާމަކުރައްވާފައެވެ.
އެންމެ ޒަމާނީ ހިދުމަތްތައް ލިބޭ އާ ޓާމިނަލާ އެކު، ހަނިމާދޫ އެއާޕޯޓު ވަނީ އުތުރުގެ ލޭންޑްމާކަށް ވެގެންގޮސްފައެވެ. އެންމެ ބޮޑެތި ފުލައިޓްތަޑް ޖެއްސޭގޮތަށް ތަރައްޤީކުރި މި އެއާޕޯޓަކީ ރާއްޖޭގެ އުތުރުގައި މިހާރު އޮތް އެންމެ ބޮޑު އެއާޕޯޓުކަން ފާހަގަކުރެވެއެވެ.
ޒަމާނީ ޓާމިނަލަކާ އެކު އެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު 2022 ގައި ރައީސް ސާލިޙްގެ ސަރުކާރުގައެވެ.
މަޖިލީހުގެ ކުރީގެ ނާއިބް ރައީސް ކަން ވެސް ކުރެއްވި މޫސާ މަނިކު ވިދާޅުވީ، މެނިފެސްޓޯ ތައްޔާރުކޮށްގެން ރައްޔިތުންގެ ފައިސާގައި، ރައްޔިތުންގެ ބޭނުންތައް ފުދޭނެގޮތަށް ވެރިކަން ކުރުމުގެ ފިކުރާއި ވައްޓަފާޅިއަކީ އެމްޑީޕީ ލަސްކަރުގެ އަދި އެމްޑީޕީއަށް ތާއީދުކުރާ ދިވެހި ރައްޔިތުން އެދޭ ގޮތް ކަމަށެވެ. އަދި މިއީ އެމްޑީޕީގެ ސިޔާސަތުތައް ބިނާވެފައިވާ އަސާސީ އެއް ތަނބު ކަމަށް އޭނާ ވިދާޅުވިއެވެ.
މޫސަ ވިދާޅުވި ގޮތުގައި، ރާއްޖޭގެ އުތުރާއި ދެކުނާއި މެދުރާއްޖެތެރެ ހިމެނޭހެން 7 ސަރަހައްދަކަށް ބަހާލައިގެން، ހުރިހާ ރައްޔިތުންނަށް ބައިވެރިވެވޭ ތަރައްޤީ ގެންނަ ވިސްނުމަކީ އެމްޑީޕީގެ ވިސްނުމެކެވެ. މާލެ ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްވެސް ތަރައްޤީ ވާނީ، ކަނޑާއި ވައިގެ މަގުން ވިޔަފާރީގެ ގޮތުން ދުނިޔެއާ ގުޅާލެވިގެން ކަމަށްވެސް ރީކޯ މޫސަ ވިދާޅުވިއެވެ.
މީގެ އިތުރުން ރީކޯ ވިދާޅުވީ، ފަތުރުވެރިކަމުގެ ވިޔަފާރިއަކީ މާލެ ސަރަހައްދަށް އެކަނި އޮތް ވިޔަފާރިއެއް ކަމުގައި ލިމިޓްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެވިގެން، މުޅި ރާއްޖޭގެ ރަށްރަށަށް މިވިޔަފާރީގެ މަންފާ ލިބި، އެ ސަރަހައްދުތަކުގައި ވެސް ފަތުރުވެރިކަން ކުރިއެރުމަކީ އެމްޑީޕީގެ މުހިއްމު އަމާޒެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު