މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ފަށާފައިވާ ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 24 ހެކްޓަރުގެ ބިން ހިއްކައިފިއެވެ.
ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓް (ސީއެމްސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން ޖުމުލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ބޮސްކާލިސްގެ 22،000 ސީ.ބީ.އެމްގެ ޑްރެޖަރެއްގެ އެހީގައެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް 24 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް ސަރުކާރުން ބުނެއެެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވަނީ ބައްލަވާލައްވާފައެވެ.
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމަށް ހަމަޖެހިފައިވާ ބިންހިއްކުމުގެ މަޝްރޫޢުތައް، ހަލުވި ދުވެލީގައި ކުރިއަށްގެންދިއުމަށްޓަކައި، ސަރުކާރުން ވަނީ ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު