ހުޅުމާލެ ފޭސް 2 ގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކަކު މަރުވެއްޖެ އެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ އެ އެކްސިޑެންޓު ހިނގީ ހުޅުމާލެ 2 ގެ ނިކަގަސް މަގުގައި ކަމަށެވެ. ދެ ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓުގައި ތިން މީހަކަށްއަނިޔާވިއެެވެ.
މިއެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އެކަކަށް ފަރުވާދެމުން އަންނަނިކޮށް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ، ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނިގޮތުގައި، މި އެކްސިޑެންޓުގައި މަރުވީ ކ. ދިއްފުށި، ލައިޓް ގާޑަން، އިސްމާއިލް ރަޔާން ބިން ނާޒިމް، 19، އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ، ނިކަގަސްމަގުން ވަން-ވޭ އާ ޚިލާފަށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް އެ މަގަށް އެޅި އެހެން ސައިކަލެއްގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު