އެެއްވެސް އިރެެއްގައި އިންވެސްޓްމަންޓް ސްކީމެއް ހިންގާފައިނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެެވެ.
އަލްހާން މިކަން ހާމަކުރައްވާފައިވަނީ އޭނާގެ އެކްސް (ކުރިން ޓްވިޓަރ) އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
އަލްހާންގެ ޕޯސްޓުގައި ވިދާޅުވީ އޭނާ އަނެއްކާވެސް އިންވެސްޓްމަންޓް ސްކީމެއް އިޢުލާންކުރިކަމަށް ބައެއް ނޫސްތަކުން ޚަބަރު ފަތުރާފައިވާ ކަމަށެވެ. އަލްހާން ވަނީ އެއްވެސް އިރަކު އޭނާ އިންވެސްޓްމަންޓް ސްކީމެއް ނުހިންގާކަމަށް ވިދާޅުވެ އެކަން ދޮގުކުރައްވާފައެެވެ.
އެއާ ޚިލާފަށް، އޭނާ ކުރިންވެސް އަދި މިހާރުވެސް ކުރަމުންދަނީ އޮންލައިން ޓްރޭޑިންގ ކަމަށް އަލްހާންގެ ޕޯސްޓުގައިވެއެވެ. މިކަމާ ގުޅިގެން ނޫސްތަކުގައި ފެތުރިފައިވާ ޚަބަރުތަކަކީ ހަގީގަތާ ޚިލާފު ޚަބަރުތަކެއް ކަމަށް އަލްހާން ވަނީ ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު