އާބާދީ ބޮޑު ފުވައްމުލަކު ސިޓީގެ ސަޕްލައި ފެން މެދުކެނޑި، ފެން ތަޣައްޔަރުވުމުގެ މައްސަލައެއް ކުރިމަތިވުމާ ގުޅިގެން އެކަން ޙައްލުކޮށް، ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި އެ ސިޓީއަށް ފެން ދޫކުރަން ފަށާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ މިކަމާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ފުވައްމުލައް ސިޓީގެ ވޯޓަރ ސަޕްލައިއަށް ދިމާވި މައްސަލައެއްގެ ސަބަބުން، އެ ސިޓީއަށް މިވަގުތު ބޭނުންވާ ފެން ފޯރުކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިމައްސަލަ ކުރިމަތިވުމާއެކު، ދިވެހި ސިފައިން ވަނީ ކަނޑާއި ވައިގެ މަގުން ފުވައްމުލައް ސިޓީއަށް ބޯފެން ފޯރުކޮށްދިނުމާއި، ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަގުތުން ފަށާފައިކަން ހީނާ ފާހަގަކުރެއްވިއެވެެ.
އެގޮތުން ހީނާ ވިދާޅުވީ މިހާތަނަށް ވައިގެ މަގުން 5 ލިޓަރުގެ 500 ކޭސް ފެނާއި، 1.5 ލިޓަރުގެ 1300 ކޭސް ފެނާއި، 500 މިލިލިޓަރުގެ 1000 ކޭސް ފެން ފުވައްމުލައް ސިޓީއަށް ފޯރުކޮށްދީފައިވާއިރު އޭގެތެރެއިން 1200 ކޭސް ފެން ރައްޔިތުންނަށް ފޯރުކޮށްދެވިފައިވާނެ ކަމަށެވެ. އަދި އިތުރު ބޯފެން މިހާރު ވެސް ވަނީ ފުވައްމުލަކު ސިޓީއަށް ގެންދިއުމުގެ މަގުމަތީގައި ކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ އިތުރަށް ވިދާޅުވީ ފެނުގެ ސަޕްލައިއަށް ދިމާވި މައްސަލަ ހައްލުކުރުމަށް، ފެނަކައިގެ ފަރާތުން އެމްއެފްޑީއޭއާއި އެޗްޕީއޭގެ އިރުޝާދާއެކު، މުޅި ޕައިޕްލައިން ކަނޑައެޅިފައިވާ ސްޓެންޑަޑާ އެއްގޮތްވާ ގޮތުގެ މަތިން ޑިސްއިންފެކްޓްކޮށް، ތާނގީތައް ސާފުކޮށް، ފްލަޝްކޮށް، ފެން އުފެއްދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ފުވައްމުލައް ސިޓީއަށް ކުރިއެކޭ އެއްފަދައިން ފެންދޫކުރަން ފަށާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
ފެނަކަ އިން ބުނީ ފުވައްމުލަކު ފެން ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މެއިން ޑިސްޓްރިބިއުޝަން ލައިނެއްގައި ލީކެއް އުޅޭތީ އިއްޔެ މެންދުރު 13:00އިން 18:00އަށް މުޅި ރަށުން ފެނުގެ ޚިދުމަތް ކެނޑުނު ކަމަށެވެ. ފެނުގެ ނެޓުވޯކު ސާފުކުރުމަށް ޓަކައި، ފެނުގެ ނެޓްވޯކަށް ކްލޮރިން އަޅަމުންދާ ކަމަށް ފެނަކަ އިން ބުނެފައިވެއެވެ.
ފުވައްމުލައް ފެނަށް ޖެހިފައިވާއިރު އެސިޓީއަކީ ގާތްގަނޑަކަށް 11000 މީހުންގެ އާބަދީ އެއް އޮންނަ ސިޓީއެކެެވެ.

ކިޔުންތެރިންގެ ހިޔާލު