ދަރިފުޅަށް ޖިސްމާނީ އަދި ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 50 އަހަރުގެ މަންމައަކު މާލެ ސަރަހައްދުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ ދަރިފުޅަށް ޖިސްމާނީ އަދި ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 50 އަހަރުގެ މަންމައަކު މާލެ ސަރަހައްދުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. ކުޑަކުއްޖާއަށް އޭނާގެ މަންމަ ޖިންސީ އަނިޔާ ދީފައިވަނީ މަސްތުވުމަށް ބަނގުރާ ބޭނުންކޮށްގެން ހުރެ ކަމަށާއި އެ ކުއްޖާއަށް ޖިސްމާނީގޮތުން ވެސް އަނިޔާދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުންނެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކުރި އަންހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުގެ މުއްދަތު ވަނީ ޖަހާފަ އެވެ.
ފުލުހުން ގެންދަނީ މިމައްސަލަ ތަހުޤީޤު ކުރަމުންނެވެެ.

ކިޔުންތެރިންގެ ހިޔާލު