ހުޅުމާލެ ފަޅުތެރޭގައި އޮތް ތެޔޮ ބޯޓެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އެކަކަށް އަނިޔާވެގެން ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު 12:55 އެހާކަންހާއިރު ކަމަށެވެ. ފުލުހުން ބުނީ މިހާރު އަލިފާން ނިވާލެވިފައިވާ ކަމަށާއި، އަލިފާން ރޯވެފައިވަނީ، ތެޔޮ އުފުލާ ދޯންޏެއްގައި ކަމަށެވެ.
މި ހާދިސާގައި އެ ދޯނީގައި ހުރި ބަންގްލަދޭޝް މީހެއްގެ އަތްތިލަ ފިހިފައިވާ ކަމަށާއި، އޭނާއަށް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.
ފުލުހުން ބުނީ، މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު