މަސްތުވާތަކެއްޗާ ދެކޮޅަށް މިއަދު ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންގައި މިހާތަނަށް 90 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް އެއްވަގުތެއްގައި 100 ތަނެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ފުލުހުން ވަނީ މިއަދު ފަށާފައެެވެ.
އެ އޮޮަޕަރޭޝަނާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މިއީ މިހާތަނަށް ކުރިއަށްގެންދާ މިފަދަ އެންމެ ބޮޑު އޮޕަރޭޝަން ކަމަށެވެ. އަދި މިހާރު ކުރިއަށްދާ އޮޕަރޭޝަންގައި މިހާތަނަށް 90 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި މި އޮޕަރޭޝަންގައި މަސްތުވާތަކެއްޗާއި މިކަމުގެ ވިޔަފާރިކުރުމަށް ބޭނުންކުރާ އެއްޗެހި ފެނިފައިވާކަމަށްވެސް ސީޕީ ނަވީން ވިދާޅުވިއެވެ.
"މި އޮޮަޕަރޭޝަންގައި މަސްތުވާއެއްޗެހި ފެނިފައި އެބަހުރި، ޑްރަގް ސްޓްރީޓް ލެވަލްގައި ވިއްކުމަށް ބޭނުންކުރާ އެއްޗެހި، ބަނގުރާ ކައްކަން ބޭނުންކުރާ އެއްޗެހި ފެނިފައި އެބަހުރި،" ސީޕީ ވިދާޅުވިއެވެ.
ސީޕީ އިތުރަށް ވިދާޅުވީ ކުރި މަގުގައި މި އޮޕަރޭޝަން އިތުރަށް ފުޅާ ކުރާނެ ކަމަށާއި އަމާޒަކީ ޑްރަގްގެ ނެޓްވޯކްތައް އެއްކޮށް ނައްތާލުންކަމަށެވެ.
ފުލުހުންގެ ޑްރަގު އޮޕަރޭޝަނަށް ދީފައިވަނީ "އޮޕަރޭޝަން އަލިމަގު" މިނަމެވެ. މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެއް ކަމަށާއި މއީ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭގޮތަށް ފަށާފައިވާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 05:30 ގައި ފެށި މި އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެ، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތަކެއް ކުރިއަށް އެބަ ގެންދާ ކަމަށެވެ.
"އޮޕަރޭޝަން އަލިމަގު" އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު އޮޕަރޭޝަނެވެ.

ކިޔުންތެރިންގެ ހިޔާލު