ރާއްޖޭގައި ދެނެއް ޑްރަގުގެ ވިޔަފާރިއަށް އެއްވެސް ފުރުޞަތެއް ނުލިބޭނެ ކަމަށާއި، ޑްރަގު ޑީލަރުންނަށް އުޅުމަށް ދަތިކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެއެެވެ.
މިއަދު ފުލުހުން މުޅި ރާއްޖޭގައި ފެށި ޑްރަގު އޮޕަރޭޝަނާ ގުޅިގެން ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިކަމުގައި ދެނެއް އެއްވެސް ލުޔެއް ނުދެއްވާނެ ކަމަށެވެ. މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މި އޮބްޖެކްޓިވް ހާސިލުވަންދެން ކެނޑިނޭޅި މަސައްކަތް ކުރަމުންދާނެ ކަމަށެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަބަދުވެސް ފުލުހުންނަށް ދެއްވާ އިންސްޓްރަކްޝަނަކީ، ޚާއްޞަކޮށް ޑްރަގާ ގުޅޭ ކަންކަމުގައި އެއްވެސް ލުޔެއް ނުދެއްވުމަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޑްރަގްސް ވިއްކުމުގައި އުޅޭ މީހުންނަށް އަމާޒުކޮށް މިނިސްޓަރު ވަނީ އެކަން ހުއްޓާލަން ގޮވާލައްވާފައެެވެ.
"ތިޔަބޭފުޅުން މިހާތަނަށް ކުރަމުން އައި ކަންތައްތައް ދެން ހުއްޓާލަން ޖެހޭނީ. ރާއްޖޭގައި މިއަދަށް ފަހުގައި މިހާހިސާބުން ފެށިގެން އަޅުގަނޑުމެން ރާއްޖޭގައި މި ފުރުޞަތެއް ނުދޭނެ. ރާއްޖޭގެ އެންމެ ހުރި އެންމެ ވަރުގަދަ ފިޔަވަޅު އަޅުގަނޑުމެން އަޅާނަން ޑްރަގުގެ ކަންތައްތަކުގައި އުޅޭ މީހުންނާ ދެކޮޅަށް،" މިނިސްޓަރު އިޙްސާން ވިދާޅުވިއެވެ.
މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވީ، ޑްރަގުގެ ވިޔަފާރީގައި އުޅޭ ކުދިން މިކަން ހުއްޓާލާފައި އެހެން ކަމަކާ މިއަދުން ފެށިގެން އުޅެން ފެށުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން، މި މަސައްކަތުގައި އުޅޭ ކަމަށް ވެއްޖެއްޔާ އެމީހުންނަށް ދިވެހިރާއްޖޭގައި އުޅެން އުނދަގޫ ކުރާނެ ކަމަށާއި، ރާއްޖޭގައި ދެނެއް ޑްރަގުގެ ވިޔަފާރިއެއް ނުކުރެވޭނެ ކަމުގެ އިންޒާރު މިނިސްޓަރު ވަނީ ދެއްވާފައެވެ.
"މިފަދަ ކަންކަމުގައި އުޅޭ މީހުންނާ ދޭތެރޭ ގާނޫނުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ. މިއަދު މި ފެށި އޮޕަރޭޝަނަކީ މި ފެށުމެއް. މިކަން އަޅުގަނޑުމެން ހުއްޓާލާނީ، އިރާދަކުރެއްވިއްޔާ މިކަމުގެ ތެރޭގައި މަސްއޫލުވެގެން އުޅޭ މީހުން ހުއްޓާލާ ހިސާބަކުން،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު އިޙްސާން ވިދާޅުވީ "އަލިމަގު" އޮޕަރޭޝަން ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ކުރިއަށްދާކަމަށާއި މި އޮޕަރޭޝަން ކުރިއަށްގެންދަނީ 6 މަސް ދުވަހުން ފުލުހުން އެއްކުރި އިންޓަލެޖެންސް މަޢުލޫމާތަށް ބިނާކޮށް ކަމަށެވެ. އިހްސާން ވިދާޅުވީ އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފަށް އެތެރެކޮށްފައިވާ ސިނގިރޭޓާއި މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިހުރި ފައިސާއާއި އެތެރެކޮށްފައިވާ އެކި ބާވަތްތަކުގެ މަސްތުވާތަކެތި ހޯދައި، ނެގެމުންދާ ކަމަށެވެ.
މިނިސްޓަރު އިޙްސާން ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 90 މީހުން މިހާރު މި އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހުން މަސްތުވާތަކެތި ރައްކާކުރަން ބޭނުންކުރާ ތަންތަން ބަލައި ފާސްކޮށް، ވިއްކާ މަސްތުވާތަކެތި ހޯދައި، ފުލުހުންގެ ބާރުގެ ދަށަށް ގެނައުމުގެ މަސައްކަތް ކުރިއަށްދާކަމަށް އިހްސާން ވިދާޅުވިއެވެ. މިގޮތުން މަސްތުވާތަކެތި ރައްކާކުރަން ބޭނުންކުރި 100 އަށްވުރެ ގިނަ ތަން ބަލައި ފާސްކޮށްފައިވާ އިހްސާން ވިދާޅުވިއެވެ.
މިއަދު ހެނދުނު 05:30 ގައި ފެށި މި އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެ، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށް ފުލުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު