ސަރުކާރަށް ދެ އަހަރު ފުރުމާއި ދިމާކޮށް ވެރިކަން ކުރާ ޕީއެންސީން ރާއްޖޭގެ އެކި ރަށްރަށުން މީހުން ގެނެސް ބާއްވާ ޖަލްސާއަށް، 50 މިލިއަން ރުފިޔާ (500 ލައްކަ ރުފިޔާ) ހަރަދުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަބްދުލް ރަހްމާނު (އައްދު) ތުހުމަތުކުރައްވައިފިއެވެ.
މެމްބަރު އައްދު މިކަން ހާމަކުރައްވާފައިވަނީ އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. އައްދު ވިދާޅުވީ އެއާބަސް ޗާޓަރުކޮށް، ޓިކެޓްދީ، ކަނޑުދަތުރުކުރާ އެތައް އުޅަނދެއް ކުއްޔަށް ނަގާ، ޕޮކެޓްމަނީއާއި ކެއުމާއި އެކޮމޮޑޭޝަން ދީގެން ޕީއެންސީން ރާއްޖޭގެ އެކި ރަށްރަށުން މީހުން ގެނެސް ބާއްވާ ޖަލްސާއަށް، 50 މިލިއަން ރުފިޔާ (500 ލައްކަ ރުފިޔާ) ހަރަދުކުރާ ކަމަށެވެ.
އައްދު ވިދާޅުވެފައިވާ ގޮތުގައި، ޕީއެންސީން މިހާ ބޮޑު ހަރަދެއް ކޮށްގެން މިކަން ކުރަނީ "ބޮޑުމަންޒަރު" ދެއްކުމަށެވެ. މީގެ އިތުރުން މިކަމަށް " އޯޕަން ބަޖެޓެއް" އޮތް ކަމަށް ވެސް މައުލޫމާތު ލިބިފައިވާ ކަމަށް އައްދު ވިދާޅުވިއެވެ.
"އަނގަޔާއި އަތާ ދިމާނުވާ ވާހަކަ ދައްކަވާ މިކަހަލަ ކަން ކުރީމަ އަޅުގަނޑުމެންނަށް ގަބޫލު ނުވަނީ މި ބޭފުޅުން ދައްކަވާ ވާހަކަ،" އައްދު ވިދާޅުވިއެވެ.
އައްދު ވަނީ މި ފޫނެތް ބަޖެޓް ފައިބަނީ މަތިންތޯއާއި، މިކަމުން ހާސިލްކުރަން އުޅެނީ ކޮން ކަމެއްތޯ ސުވާލު ކުރައްވާފައެެވެ.
އަބުދުއްރަޙްމާން ވިދާޅުވީ ސަރުކާރުން މި އިސްރާފުތައް ކުރާއިރު، ރައްޔިތުންނަށް ދިރިއުޅުމުގެ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. މިސާލެއްގެ ގޮތުން އައްދު ފާހަގަކުރެއްވީ، ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފު ވިދާޅުވެގެން މަސްނެތް ގަރުދިޔަ ކައިގެން، ބޭސް ސިޓީއާއި ބޭސް ފަރުވާއަށް ސަލާންޖަހަން ރައްޔިތުން ތިބި މަންޒަރެވެ.
ސަރުކާރަށް ދެ އަހަރު ފުރުމާއި ދިމާކޮށް ޕީއެންސީން ބާއްވާ ޖަލްސާ އޮންނާނީ މާދަމާ ރޭ އާޓިފިޝަލް ބީޗުގައެވެެ. މިޖަލްސާ އަށް ސަރުކާރު މުވައްޒަފުން އަންނަ މަޖުބޫރު ކުރަމުންދާކަމުގެ އަޑުތަށް ވެސް ވަނީ ގަދަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު