ފެނަކަ ފުވައްމުލައް ބްރާންޗުން ދޫކުރަމުންދާ މުނިސިޕަލް ފެނަކީ ބޯފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އެތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނެފި އެވެ.
އެމްއެފްޑީއޭ އިން މިއަދު ހަވީރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުވައްމުލަކު ފެނަކަ ބްރާންޗުން ދޫކުރަމުންދާ މުނިސްޕަލް ފެނުގެ މައްސަލައާ ގުޅިގެން އެެ ސިޓީގެ އެކި ސަރަހައްދުތަކުން ފެން ނަގާ ތަހުލީލުކޮށްފައިވާ ކަމަށެވެ. އަދި މި ތަހުލީލުތަކުގެ ނަތީޖާ ދައްކާ ގޮތުން މި ފެނަކީ ސިއްހަތާ ބެހޭ ޖަމްއިއްޔާގެ ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
އެމްއެފްޑީއޭ އިން މިގޮތަށް ބުނެފައި މިވަނީ ، ފުވައްމުލަކަށް ދޫކޮށްފައިވާ ފެނުގެ ރައްކާތެރިކަން ކަށަވަރު ނުވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ބުނެފައިވަނިކޮށެވެ. ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ، ފުވައްމުލަކަށް މިހާރު ދޫކުރާ ފެނަކީ ރައްކަތެރި ފެންކަން ޔަގީންވާ ފަދަ ޓެސްޓުތަކުގެ ނަތީޖާ މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.
ކައުންސިލުން ވަނީ އެ ޓެސްޓުތަކުގެ ނަތީޖާ ލިބި ފެނުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުވަންދެން އާންމު ބޭނުމަށް ފެން ދޫނުކުރުމަށް ގޮވާލާފައެވެ.
ފުވައްމުލަކުގައި ފެނަކަ އިން ދޫކުރާ ސަޕްލައި ފެން ތަޣައްޔަރުވެ ބޭނުން ނުކުރެވޭ ހާލަތަށް ދިޔައީ މިދިޔަ ހޯމަ ދުވަހުއެވެ. އެމައްސަލަ މިހާރު ވަނީ ހައްލުކޮށް ކުރިއެކޭ އެއްގޮތަށް ފެން ދޫކުރަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު