ސަރުކާރަށް ދެ އަހަރު ފުރުމާއި ދިމާކޮށް ޕީއެންސީން މިރޭ މާލޭގައި ބާއްވާ ބޮޑު ޖަލްސާއާ ގުޅިގެން، މާލެ އާއި ހުޅުމާލެއާ ދެމެދުގައި ދަތުރުކުރާ ބައެެއް ބަސް ރޫޓުތަކުގެ ދަތުރުތައް މެދުކަނޑާލައިފި އެވެ.

އެމްޓީސީސީން ބުނީ މިރޭ ދަންވަރު 12:30 އާ ހަމައަށް އެ ސަރަހައްދުގެ މަގުތައް ބަންދުކޮށްފައިވާތީ އެ ކުންފުނިން ފޯރުކޮށްދޭ ފަސް ރޫޓެއްގެ ބަހުގެ ހިދުމަތް ވެސް މެދުކަނޑާލާފައިވާ ކަމަށެވެ. އެއީ އާރު2 އާއި އާރު8 އާއި އާރު10 އަދި އާރު11 އާއި އާރު12ގެ ދަތުރުތައް ކަމަށް އެ ކުންފުނިން ބުނެއެެވެ.

ޕީއެންސީގެ ޖަލްސާ އާއި ގުޅިގެން ބޮޑުތަކުރުފާނު މަގުގެ ކޮޅުން، ރާޅުގަނޑާ ހިސާބުން ފެށިގެން ކާނިވާ ސަރަހައްދަށް މިރޭ މަގު ބަންދުކުރަން ފުލުހުން ވަނީ ނިންމާފައެެވެ. އަދި ބަންދުކޮށްފައިވާ ސަރަހައްދާ ގުޅިފައިވާ ފަސް ގޯޅިއެއް ވެސް ބަންދުވާނެ ކަމަށް ފުލުހުން ބުންޏެވެެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް