އަންނަ ރޯދަމަހު ޑޮމެސްޓިކް ރޭޓުގައި ބިލުކުރާ ކޮންމެ ބިލަކަށް ނަގާނީ 400 ރުފިޔާއަށްވުރެ ދަށުން ކަމަށާއި، ބިލުގެ ބާކީބައި ޑިސްކައުންޓުގެ ގޮތުގައި ހައްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެެއެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ގެއަކަށް ކުރިއަށް އޮތް ރަމަޟާން މަހުގެ ކަރަންޓު ބިލަށް ނަގާނީ އެންމެ ގިނަވެގެން 400ރ. ކަމަށެވެ. އަދި ރޯދަމަހުގެ ކަރަންޓު 400 ރ އަށް ވުރެ އިތުރަށް އަރާ ބަޔަކީ ޑިސްކައުންޓް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
"ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ގެއަކަށް ކުރިއަށް އޮތް ރަމަޟާން މަހުގެ ކަރަންޓު ބިލަށް ނަގާނީ އެންމެ ގިނަވެގެން 400ރ. ބާކީ ބަޔަކީ ޑިސްކައުންޓް.،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ މިދިޔަ އަހަރެކޭ އެއްގޮތަށް މިއަންނަ ރޯދަ މަހު ވެސް ކޮންމެ ގޭބީސީ އަކަށް މަސްދަޅު ކޭހެއް ހިލޭ ލިބޭނެ ކަން އިއުލާންކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު