އެމްޑީޕީން ވަކިވުމުން އުފާވާނެ ބަޔަކު މަތިފަޑީގައި ތިބޭނެކަން ކަށަވަރު ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
މަހްލޫފު މިހެން ވިދާޅުވެފައިވަނީ ވެރިކަން ކުރާ ޕީއެންސީއާ ގުޅުމަށްފަހު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. މަހްލޫފު ޕީއެންސީއާއި ގުޅުނީ ރޭ ޕީއެންސީން ބޭއްވި ބޮޑު ޖަލްސާގައެވެ. އޭނާ މީގެ ކުރިން ހުންނެވީ އިދިކޮޅު އެމްޑީޕީގައެވެ. އެމްޑީޕީން މަހްލޫފު ވަކިވީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ.
އެކްސްގައި ހިއްސާކުރި ޕޯސްޓުގައި މަހްލޫފް ވިދާޅުވީ ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިވި ފުރަތަމަ ފަހަރަކީ އެމްޑީޕީން ވަކިވި ފަހަރު ކަމަށާއި އެނބުރި ދިޔައީ ހަމަ ކުރީގެ ސިޔާސީ ފިކުރުގެ ތެރެއަށް ކަމަށެވެ. އަދި ބަދަލުވެފަ އޮތީ ހަމައެކަނި ޕާޓީގެނަން ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑު ސިޔާސީ މަސައްކަތް ފެށީ 2005 ވަނަ އަހަރު ރައީސް މައުމޫން އުފެއްދެވި ޑީއާރްޕީ އިންނެވެ. އެޕާޓީތެރޭ ހިޔާލު ތަފާތުވެ އަޅުގަނޑުމެންނަށް ހަރުކަށި ފިޔަވަޅުއަޅާ ވަކިކުރި ހިސާބުން، ރައީސް މައުމޫނާއެކު ޕީޕީއެމް އުފެއްދި އެއް ފައުންޑަރ އަކީ އަޅުގަނޑެވެ. ރައީސް ޔާމީން އާއެކު އުފެދުނު ހިޔާލުތަފާތުމުގެ ތެރެއިން 2014 ވަނަ އަހަރު އަޅުގަނޑު ޕީޕީއެމް އިން ވަކިކުރިއެވެ. އިދިކޮޅު އިއްތިހާދާއެކު 4 އަހަރު މަސައްކަތްކުރުމަށްފަހު، 2018 ގަ އެމްޑީޕީއާ ގުޅުނީމެވެ. އެޕާޓީގެ މެންބަރުންގެ ލޯބި އަދި ތާއީދު ބޮޑުކޮށްލިބުނެވެ." މަހްލޫފުގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
މަހްލޫފު ވިދާޅުވީ އެމްޑީޕީއާ ގުޅިވަޑައިގަތުމަށްފަހު ގައުމީ މަޖިލީސް އިންތިހާބުގައި ވާދަކުރުން ހުއްޓުވަން ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށް އަދި ފަހުން އެމައްސަލަ ކޯޓަށް ވެއްދި ހިސާބުން ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކޮށްލަން ފުރުސަތު ލިބިގެން ދިޔަ ކަމަށެވެ. އަދި ލުމުގެ ހައްގުލިބިފައިވާ މެންބަރުގެ ތެރެއިން އެންމެ މަތީ އަގުލަބިއްޔަތުން އޭނާ އިންތިހާބު ކޮށްދިން ކަމަށް މަހްލޫފް ވިދާޅުވިއެވެ.
އެހެންނަމަވެސް މަތިފަޑީގައި ކަންކަން ހިނގަނީ އެހެނަކުންނޫން ކަމަށާއި އޭނާ ޕާޓީން ވަކިވުމުން ވަރަަށް އުފާވާނެ ބަޔަކު މަތިފަޑީގައި ތިބޭނެކަން ކަށަވަރު ކަމަށް މަހްލޫފް ވިދާޅުވިއެވެ. އަދި އެވާހަކަތައް ދައްކާކަށް އަދި ނޫޅޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މަހްލޫފް ވިދާޅުވީ 2023 ގެ އިންތިހާބަށް ފަހު ސިޔާސީ ކަންކަމާ ދުރުގައި ހުރީ އޭނާއާމެދު ކަންތައްކޮށްފައިވާ ގޮތުން ފޫހިވެފައި ހުރިލެއް ބޮޑުކަމުން ކަމަށެވެ. އަދ ނިމިދިޔަ ސަރުކާރުގަ މަގާމެއް ހައްގުވާނަމަ އެންމެފުރަތަމަ ގުނާ އެކަކަށް އޭނާ ވާނެ ކަމަށާއި އެއީ ތަބަކަށް ލާފަދިން މަގާމެއްނޫން ކަމަށް މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފްގެ ޕޯސްޓުގައި ވިދާޅުވީ އެކިފަހަރު މަތިން ދައުވަތުދެއްވާ އަދި އެނބުރި އައުމުން ރައީސުލްޖުމްހޫރިއްޔާ އަދި ޕާޓީގެ ލީޑަރު ރައީސް މުއިއްޒު އާއި އެންމެހާ މެންބަރުން ވިދާޅުވި ހޫނު މަރުހަބާއަށް ޝުކުރު ދަންނަވާ ކަމަށާއި އޭނާގެ މަސައްކަތް ބަލައިގަނެ އެކަމުގެ އަގުވަޒަންކޮށް ދައުވަތު ދެއްވީތީ ވަރަށް އުފާކުރާ ކަމަށެވެ.
އަދި ރާއްޖޭގެ ތާރީހުގައި ބޭއްވި އެންމެ ބޮޑު ސިޔާސީ އެއްވުމުގައި ސޮއިކޮށްލަން ލިބުމުން އިތުރު އުފަލެއް ލިބިގެން ދިޔަ ކަމަށްވެސް މަހްލޫފް ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުގެ މިނިންމުމާއެކު ހިތްހަމަ ނުޖެހުނު ފަރާތްތަކުން މައާފަށް އެމެވެ. އަދި މަރުހަބާ ވިދާޅުވި އެންމެހާ ބޭފުޅުންނަށް ޝުކުރުދަންނަވަމެވެ." މަހްލޫފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު