މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ޑެޕިއުޓީ ކޮމިޝަނާގެ މަގާމު އަދާކުރެއްވި މިޒްނާ ޝަރީފް، ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙާއި، ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވައިފިއެވެ.
ޝުކުރުގެ މެސެޖާއެކު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓުގައި ޑެޕިއުޓީ ކޮމިޝަނާގެ ދައުރު ނިމިފައިވަނީ މީގެ އަހަރަކަށްވުރެ ގިނަ ދުވަސް ކުރިން ކަމަށާއި، އެއާއެކު ފޮރިން ސަރވިސްގައި މިޒްނާގެ ދައުރު ވެސް ނިމުމަކަށް އައިސްފައިވާ ކަމަށް މިޒްނާ ހާމަކޮށްފައިވެއެވެ.
މިޒްނާ ވަނީ، އޭނާއަށް އިތުބާރުކޮށް، ލީޑަރޝިޕް ކަން ދެއްވިކަމަށްޓަކައި ކުރީގެ ރައީސް ސޯލިޙް އަށާއި ކުރީގެ ފޮރިން މިނިސްޓަރު ޝާހިދަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ. ޚާއްޞަކޮށް، 2022 ވަނަ އަހަރު ގާތްގަނޑަކަށް އެއް އަހަރު ދުވަހު އޭނާ އަދާކުރެއްވި، އަދި ކުއަލަލަމްޕޫރުގައި އަދާ ކުރެއްވި މަސްއޫލިއްޔަތުތަކަށް އޭނާ ބައްޓަންކުރުވި، ޗާޖް ޑީ އެފެއާޒްގެ މަގާމަށް އައްޔަންކޮށް އޭރުގެ ޚާރިޖީ ވަޒީރު ޝާހިދު އޭނާއަށް ކުރެއްވި އިތުބާރަށްޓަކައި ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށް މިޒްނާ ވިދާޅުވިއެވެ. މީގެ އިތުރުން، ކުރީގެ ހައިކޮމިޝަނަރުން ކަމަށްވާ ވިސާމް އަލީ އާއި ޢަލީ ދީދީއަށް ވެސް މިޒްނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައި މިޒްނާ ކުރެއްވި މަސައްކަތްތަކާއި، ލިބިފައިވާ މުހިންމު ކާމިޔާބީތަކަށް ބަލާލާއިރު ދިވެހި ދަރިވަރުންނަށް 600 އަށްވުރެ ގިނަ ސްކޮލަރޝިޕްގެ ފުރުޞަތު ހޯދައިދިނުން، ދިވެހިރާއްޖެއާއި މެލޭޝިއާގެ ދެމެދުގައި ދެ ޤައުމުގެ ޑްރައިވިންގ ލައިސަންސްތައް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުން، މެލޭޝިއާގައި ދިވެހި ބަހުގެ ކްލާސްތައް ފެށުން، މިޝަންގެ މާލީ، އިދާރީ، އަދި ކޮންސިއުލަރ މަސައްކަތްތައް ހަރުދަނާކުރުން، އަދި އެކި ދާއިރާތަކުން ދެޤައުމުގެ ގުޅުން ބަދަހިކުރުން ހިމެނެއެވެ.
މިޒްނާ ވަނީ މިހާރުގެ ހައިކޮމިޝަނަރު މަރިޔަމް ޝަބީނާ އާއި ހައިކޮމިޝަންގެ ޓީމަށް ވެސް ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ. މީގެ އިތުރުން، މިޒްނާގެ މެސެޖުގައި ކުއަލަލަމްޕޫރުގައި ހުންނަ ޑިޕްލޮމެޓިކް ކޮމިއުނިޓީއާއި ޑެޕިއުޓީ ޗީފްސް އޮފް މިޝަންސްއަށް ވެސް، އެބޭފުޅުން ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.
މިޒްނާގެ ޝުކުރުގެ މެސެޖު ނިންމާލަމުން ހައިކޮމިޝަނުގައި ޚިދުމަތްކުރުމުގެ ޝަރަފު ލިބުނުކަމަށްޓަކައި ފަޚުރުވެރިވާ ކަމަށާއި، މި ދަތުރުގެ ބައިވެރިއެއްގެ ގޮތުގައިވި ކޮންމެ ބޭފުޅަކަށް ވެސް ޝުކުރުވެރިވާ ކަމަށް ފާހަގަކުރެއްވިއެވެ.

I’d like to share that I completed my term over a year ago as Maldives Deputy High Commissioner to Malaysia, bringing my chapter in the foreign service to a close.
— Mizna Shareef (@MiznaShareef) November 15, 2025
My sincere gratitude to President @ibusolih, Foreign Minister @abdulla_shahid, and High Commissioners @visamali and… pic.twitter.com/YkYOQOHZrX
މިޒްނާ ވަނީ މިހާރުގެ ހައިކޮމިޝަނަރު މަރިޔަމް ޝަބީނާ އާއި ހައިކޮމިޝަންގެ ޓީމަށް ވެސް ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ. މީގެ އިތުރުން، މިޒްނާގެ މެސެޖުގައި ކުއަލަލަމްޕޫރުގައި ހުންނަ ޑިޕްލޮމެޓިކް ކޮމިއުނިޓީއާއި ޑެޕިއުޓީ ޗީފްސް އޮފް މިޝަންސްއަށް ވެސް، އެބޭފުޅުން ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.
މިޒްނާގެ ޝުކުރުގެ މެސެޖު ނިންމާލަމުން ހައިކޮމިޝަނުގައި ޚިދުމަތްކުރުމުގެ ޝަރަފު ލިބުނުކަމަށްޓަކައި ފަޚުރުވެރިވާ ކަމަށާއި، މި ދަތުރުގެ ބައިވެރިއެއްގެ ގޮތުގައިވި ކޮންމެ ބޭފުޅަކަށް ވެސް ޝުކުރުވެރިވާ ކަމަށް ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު