ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު، ބޯހިޔާވަހިކަން އެންމެންނަށް މިރޭ އިފްތިތާޙުކޮށްފިއެވެ.
މި ސިޔާސަތު އިފްތިތާޙުކޮށްދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
އެ ސިޔާސަތު އެކުލަވާލެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، ކޮންމެ ދިވެހި ރައްޔިތަކަށްމެ ބޯހިޔާވަހިކަމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އިފްތިތާޙުކުރުމާއެކު، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ތަންފީޛުކުރުމުގެ އުޞޫލުތައް މިއަދު ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، ފްލެޓް ދޫކުރުމުގެ އުޞޫލާއި ގޯތި ދޫކުރުމުގެ ސްކީމްގެ އުޞޫލުތައްވެސް ވަނީ ޢާންމުކޮށްފައެވެ. މި ސިޔާސަތުގެ ދަށުން މައިގަނޑު 4 ކެޓަގަރީއަކަށް ބަހާލައިގެން ފުރުޞަތު ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވެއެވެ.
04 ކެޓަގަރީ:
• މާލީގޮތުން ފުދުންތެރި ފަރާތްތަކަށް ވިޔަފާރި އުޞޫލުން ހައުސިންގ ޔުނިޓާއި ގޯތި ގަތުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުން
• މެދު ފަންތީގެ ޢާއިލާތަކަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެފޯޑަބަލް ހައުސިންގ ޕްރޮޖެކްޓްތައް ޚާއްޞަކޮށްގެން ތަންފީޛުކުރުން
• އަމިއްލަ ބޯހިޔާވަހިކަމެއް ގަތުމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް ރެންޓް-ޓު-އޯން މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ލިބޭނެ މަގު ފަހިކޮށްދިނުން
• އެންމެ ފަޤީރު ޙާލަތުގައިވާ، ދިރިއުޅޭނެ ތަނެއް ނެތް ޢާއިލާތަކަށް ސަރުކާރުން ކުރާ އެސެސްމަންޓެއްގެ އަލީގައި ބޯހިޔާވަހިކަން ލިބޭނެ އިންތިޒާމު ހަމަޖެއްސުން
ސަރުކާރުން އިޢުލާންކޮށްފައިވަނީ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފްލެޓް އަދި ގޯތި ދޫކުރުމާގުޅޭ ސްކީމެވެ. ފްލެޓް ދޫކުރުމުގެ އުޞޫލުގައި ހިމެނެނީ މައިގަނޑު ދެ ކެޓަގަރީއެކެވެ. އެއީ މާލޭ ރަށްވެހިންގެ ކެޓަގަރީ އަދި މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއެވެ.
ފްލެޓް ދޫކުރުމަށް ކަނޑައަޅާފައިވަނީ ދެ މޮޑެލެކެވެ. އެފޯޑަބަލް ހޯމް އޯނަރޝިޕް މޮޑެލް އަދި ރެންޓް-ޓު-އޯން މޮޑެލްއެވެ. ގޯތި ދޫކުރުމުގެ އުޞޫލުގައިވެސް ހިމެނެނީ ހަމަ މި ދެ ކެޓަގަރީއެވެ.
ރައީސް މުޢިއްޒު ވަނީ މި ސްކީމުގެ ދަށުން ރަސްމާލެއިން 15،000 ގޯތި ދޫކުރާނެކަމަށް އިޢުލާންކުރައްވާފައެވެ. އަދި މާލެ ސަރަޙައްދުގައި 7،000 ފްލެޓް އެޅުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ގޯއްޗާއި ފްލެޓް ދޫކުރުމުގެ އަސާސީ ޝަރުޠުތަކާއި ޕޮއިންޓް ދިނުމުގެ އުޞޫލުތައްވެސް ސަރުކާރުން މިއަދު ޢާންމުކޮށްފައިވާއިރު މި އުޞޫލުތަކުގައި ކުރީގެ އުޞޫލުތަކުގައި ނުހިމެނޭ މުހިންމު ބަދަލުތަކެއް ހިމެނެެއެެވެ.

ކިޔުންތެރިންގެ ހިޔާލު