ސަރުކާރުން ދޭ ބޯހިޔާވަހިކަން ވަކި ފަރުދުންނަށް ޚާއްސަކުރެވިގެން ނުވާނެ ކަމަށް އިނަ މޯލްޑިވްސްގެ ސީއީއޯ، މުހައްމަދު ފިރާޤު، ވިދާޅުވެއްޖެއެވެެ.
ފިރާޤު މިހެން ވިދާޅުވީ ސަރުކާރު ބޯހިޔާވަހިކަން އެންމެންނަށް މި ސިޔާސަތުތަށް ރޭ އިފްތިތާޙްކޮށް ގޯއްޗާއި ފުލެޓް ދޭނެ އުސޫލުތައް ހާމަކުރުމާއި ގުޅިގެންނެެވެ. ރަސްމީ އެކްސް (ކުރީގެ ޓްވިޓަރ) އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ފިރާޤު ވިދާޅުވީ، ބޯހިޔާވަހިކަން ވަކި ފަރުދުންނަށް، އެމީހުންގެ ދަރަޖައާއި، މަޤާމާއި، ނުފޫޒަށް ބަލައިގެން ޚާއްޞަކުރެވިގެން ނުވާނެ ކަމަށެވެ.
ފިރާޤު ވަނީ ބައެއް މީހުންނަށް އަނެއް ބަޔަކަށް ވުރެ އިސްކަންދިނުމަކީ މުޖުތަމައުގެ ތެރޭގައި ނުތަނަވަސްކަމާއި ކޮންމެހެން ބޭނުން ނުވާ ޓެންޝަން އުފެދިގެންދާ ކަމެއްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، މިފަދަ އަމަލުތަކުގެ ސަބަބުން ކޮރަޕްޝަނާއި ބާރުގެ ނާޖާއިޒު ބޭނުން ހިފުމަށް ވެސް ދޮރު ހުޅުވިގެންދާނެ ކަމުގެ އިންޒާރު ފިރާޤު ދެއްވިއެވެ.
ފިރާޤު ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައި އޮންނަނީ، ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ބައެއްކަމަށެވެ. އަދި ބޯހިޔާވަހިކަން ފަދަ އަސާސީ ހައްގުތައް ލިބުން ހިމެނޭ ގޮތަށް، ކޮންމެ ނިންމުމެއްގައިވެސް މި އުސޫލަށް އިޙްތިރާމްކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފިރާޤު އިތުރަށް ވިދާޅުވީ، ލީޑަރުންގެ ޒިންމާއަކީ، ހޮވާލެވޭ މަދު ބަޔަކަށް އިމްތިޔާޒުތައް އުފެއްދުމުގެ ބަދަލުގައި، އިންސާފުވެރިކަމާއި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކަށަވަރުކޮށްދިނުން ކަމަށެވެ. ހަގީގީ ލީޑަޝިޕް މިންކުރަނީ ބާރުގަދަ މީހުންނަށް ފުރުސަތު ހޯދައިދިނުމުން ނޫން ކަމަށާއި، އެންމެންނަށް އިންސާފާއި ހަމަހަމަކަން ދަމަހައްޓައިދޭ މިންވަރަކުން ކަމަށް ފިރާޤު ވިދާޅުވިއެވެ.
މި ޕޯސްޓު އާންމުކޮށްފައިވަނީ ސަރުކާރުން ބޯހިޔާވަހިކަމުގެ އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދާ ދަނޑިވަޅެއްގައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ބޯހިޔާވަހިކަން އެންމެންނަށް" އުސޫލުތަށް ވަނީ ބަޔާންކޮށްފައެވެ. އެ އެއުސޫލު ބުނާގޮތުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ ބޯހިޔާވަހިކަމަށް އެދި ހުށަހަޅައިފައިވާ ޝަރުތު ފުރިހަމަވާ އެޕްލިކަންޓުންގެ ތެރެއިން ވަކި ފަރާތްތަކަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.
އެގޮތުން އުސޫލުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ޚާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ޔުނިޓު ދޫކުރާނެ ގޮތް ވެސް ހާމަކޮށްފައި ވެއެވެ.މިގޮތުން ދައުލަތުގެ މުވައްސަސާތަކާއި ސިފައިންނާއި ފުލުހުންގެ އިތުރުން އަލަތު ކައިވެނި ކުރާ ފަރާތްތައް/ ޒުވާން އާއިލާތަކަށް ވެސް ވަކި އަދަދެއްގެ ފްލެޓް ވަނީ ހާއްސަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު