ހައިކޯޓުގެ ހިންގުން ވަގުތީގޮތުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސައާ ހަވާލުކޮށްފިއެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް އެންމެ ފަހުން ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުން އެ ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް އައްޔަން ކުރަން ޖޭއެސްސީން މިދިޔަ އޭޕްރީލް މަހު އޮތީ ނިންމާފައެވެ.
ނަމަވެސް މިހާތަނަށް ފަނޑިޔާރު ފައިސަލް އިސް ފަނޑިޔާރުގެ މަގާމަށް ރަސްމީކޮށް އައްޔަން ކުރައްވާފައެއް ނުވެއެވެ. އެކަމަކު ކޯޓުގެ ހިންގުމާ މިދިޔަ އެޕްރީލް މަހުން ފެށިގެން ހަވާލުވެ ހުންނެވީ ފައިސަލް އެވެ. މިއަދު އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ހައިކޯޓުގެ ހިންގުން ވަގުތީގޮތުން ފަނޑިޔާރު ޖަމީލް މޫސައާ ހަވާލުކުރެއްވީ މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ކަމަށެވެ.
ފަނޑިޔާރު ޖަމީލު މޫސައަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތު އޮނާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ޖަމީލު މޫސަ އައްޔަންކުރައްވާފައިވަނީ މިއަހަރުގެ އޮގަސްޓު މަހުގެ ތިންވަނަ ދުވަހުގައެެވެ.
ފަނޑިޔާރު ޖަމީލު މޫސާ ވަނީ 2002 ސެޕްޓެމްބަރުން ފެށިގެން 2009 ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ލ. ލަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ މަގާމު އަދާކުރައްވައިފައެވެ. 2009 ފެބްރުވަރީ 01 އިން 2019 ފެބްރުވަރީ 21 ވަނަ ދުވަހާ ހަމައަށް ސިވިލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި ވަނީ މަސައްކަތް ކުރައްވައިފައެވެ.
ގާޒީގެ މަގާމުން ވަކިވެވަޑައިގެން ޖަމީލު މޫސާ މަސައްކަތްކުރެއްވީ ގާނޫނީ ވަކީލެެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު