ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލްގެ ކިއު ކުޑަކުރުމަށްޓަކައި އީގޭޓް ހަރުކުރުމުގެ މަސައްކަތް ފަށަައިފައިވާ ކަމަށް ރައީސް މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗާތައް ހިމެނޭ އީގޭޓުތައް ހަރުކުރަނީ އެ އެއާޕޯޓު ބޭނުންކުރާ ދިވެހިންނާއި ޓޫރިސްޓުން ބޯޑާ ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ކިއުގައި މަޑުކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނައުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ ވީއައިއޭގެ އާ ޓާމިނަލްގައި 20 އީގޭޓު ހަރުކުރާނެ ކަމަށެވެ. އެ ގޮތުން އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އެރައިވަލް އާއި ޑިޕާޗާ ހިމެނޭހެން ކޮންމެ ޓާމިނަލެއްގައި 10 އީގޭޓު ހަރުކޮށް، ބޭނުންކުރަން ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މި ގޭޓުތަކުން އެއްފަހަރު ޕާސްޕޯޓު ސްކޭން ކުރުމަށް ފަހު، ދެން ބޯޑާ ހުރަސް ކުރާއިރު އޮތޮރައިޒް ކުރެވޭނީ ފޭޝަލް ރެކޮގްނިޝަންގެ ޒަރިއްޔާއިން،" ރައީސްގެ ޕޯސްޓުގައިވެ އެވެ.

ރައީސް ވިދާޅުވީ، ވީއައިއޭގެ އިތުރުން ރާއްޖޭގެ އެހެނިހެން އިންޓަނޭޝަނަލް އެއާޕޯޓުތަކުގައި ވެސް އަންނަ އަހަރު އީގޭޓްތައް ހަރުކޮށް، ބޭނުންކުރަން ފަށާނެ ކަމަށެވެ.

ވީއައިއޭގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވިފަހުން މިހާރު އެ ޓާމިނަލުން 25 އެއާލައިނަކަށް ހިދުމަތް ދެމުން އަންނަ ކަން ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް