މިދިޔަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވި މުޒާހަރާގައި ހައްޔަރުކުރި ހަތް މީހުންގެ މައްޗަށް ދަޢުވާ ނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމެވި ނިންމެވުމަށް، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މަރުޙަބާ ކިޔައިފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޕީޖީ އޮފީހުން މި ނިންމުން ނިންމާފައިވަނީ ހައްޔަރުކުރި ފަރާތްތަކުން ޤާނޫނުއަސާސީން ލިބިދޭ އިޙްތިޖާޖު ކުރުމުގެ ޙައްޤުގެ ދަށުން ޙަރަކާތްތެރިވަމުން ދަނިކޮށް ކަމަށް ފާހަގަކޮށް އެމީހުންގެ ޢަމަލުތަކުގެ ސަބަބުން އެއްވެސް މީހަކަށް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައި ނުވާތީ ކަމަށެވެ.
އެމްޑީޕީން ބުނީ ޕީޖީ އޮފީހުގެ މި ނިންމުމުން، ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީހުގައްޔާއި ތަޙްޤީޤު މަރުޙަލާގައި އެމްޑީޕީގެ ވަކީލުންގެ ޓީމުން ހުށަހަޅާފައިވާ ވާހަކަތަކާއި ހެކިތަކަށް އިތުރު ބާރެއް ލިބިގެންދާ ކަމަށެވެ. އަދި އެއީ، މި ހައްޔަރުތަކަކީ ޤާނޫނާ ޚިލާފަށް ކޮށްފައިވާ ހައްޔަރުތަކެއް ކަމަށާއި، ތުހުމަތުކުރާ މީހުން ޢަމަލުކޮށްފައިވަނީ ޤާނޫނުއަސާސީން ލިބިދޭ ސަލާމަތީ ގޮތެއްގައި އެއްވެ އުޅުމުގެ ޙައްޤުގެ ދަށުން ކަމަށް ބުނެ ހުށަހެޅި ހުށަހެޅުންތައް ކަމަށާއި އެހެންކަމުން، މި ނިންމުމުން ދައްކުވައިދެނީ، އިދިކޮޅު ފަރާތްތަކަށާއި ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށް ބިރު ދެއްކުމުގެ ނުބައި ނިޔަތުގައި، ސަލާމަތީ ބާރުތަކުން މުޒާހަރާގެ ބައިވެރިން 15 ދުވަހު ބަންދުގައި ބޭތިއްބުމުގެ ނިޔަތް ސަރުކާރުން ގަސްދުކޮށްފައިވާކަން ކަމަށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެެއެވެ.
އެމްޑީޕީގެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވާގޮތުގައި އިޙްތިޖާޖުކުރުމުގެ ޙައްޤު ހަނިކުރާ ޤާނޫނުގެ ދަށުން އެންމެ ގިނަ އަދަދެއްގެ މީހުންގެ މައްޗަށް ދަޢުވާކުރުމުގެ ރެކޯޑް އަދިވެސް އޮތީ މި ސަރުކާރުގެ އަތުގައެވެ. އަދި ރައްޔިތުންނާ ދެކޮޅަށް އެއްވެ އުޅުމުގެ ޤާނޫނު ނުބައިގޮތުގައި ބޭނުންކުރުން މި ސަރުކާރުން އަދިވެސް ކުރިޔަށް ގެންދާ ކަމަށާއި އިޙްތިޖާޖުކުރުމުގެ ޙައްޤު ރައްކާތެރިކުރުމަށް އުފައްދާފައިވާ ޤާނޫނެއް މި ސަރުކާރުން ނުބައިގޮތުގައި ބޭނުންކުރަމުންދާ ދިއުމުގެ ސަބަބުން، އެ ޤާނޫނު މިހާރު އުވާލަންޖެހޭކަން އެމްޑީޕީއަށް ޤަބޫލުކުރެވޭ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
މީގެއިތުރުން، އެމްޑީޕީން ވަނީ މިކަމުގެ ސަބަބުން ދައްކުވައިދެނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒާއި ހޯމްލޭންޑް މިނިސްޓަރ އިޙްސާން، ދިވެހި ފުލުހުންގެ ޚިދުމަތާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، އަދި ޝަރުޢީ ދާއިރާއަށް ނުޙައްޤު ނުފޫޒު ފޯރުވަމުން ގެންދާކަމަށް ތުހުމަތުކޮށްފައެވެ. އަދި އެ ނުފޫޒު ބޭނުންކޮށްގެން، ސަރުކާރަށް އަމާޒުވާ ހުރިހާ ފާޑުކިޔުމެއް، މަދަނީ އަދި ސިޔާސީ ޙައްޤުތައް، އަދި އިދިކޮޅު ފަރާތްތަކުން ހިންގާ ސިޔާސީ އެއްވެސް ޙަރަކާތެއް ސިލްސިލާކޮށް ނައްތާލަމުން ގެންދާކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީގެ ނޫސްބަޔާނުގައި ވަނީ، އުސްތާޛު މުޙައްމަދު މަޚްޒޫމް މަޖީދާއި ޢާއިޝަތު ޝިމާން އަޙްމަދުގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާތައް އަލުން މުރާޖަޢާކޮށް، އެ ދަޢުވާތައް ވަގުތުން އަނބުރާ ގެންދިއުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ގޮވާލާފައެވެ. އަދި ކޮންމެ ދިވެހި ރައްޔިތެއްގެ ސިޔާސީ އަދި މަދަނީ މިނިވަންކަމަށް ހުރަސްއަޅައި، އެ ޙައްޤުތައް ފިއްތާލުމަށް ސަރުކާރުން ހިންގާ ޢަމަލުތައް ވަގުތުން ހުއްޓާލުމަށްވެސް ސަރުކާރަށް އެމްޑީޕީން ގޮވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު