ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދަނީ އަދުލު އިންސާފުގެ ނިޒާމުގެ ކޮންޓްރޯލް ސަރުކާރަށް ނަގަން ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ހުސްނުއްސުއޫދު މިހެން ވިދާޅުވެފައި މިވަނީ ހައިކޯޓުގެ ބެންޗުގައި ހިމެނޭ 11 ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއިން ބަލަމުން އަންނަ ކަން ހާމަވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ހުސްނުއްސުއޫދު ވަނީ ޝަރުއީ ދާއިރާގެ ތެރޭ ހިނގަމުން އަންނަ ކަންކަމާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ހުސްނުއްސުއޫދު ވިދާޅުވީ އެންމެ ފުރަތަމަ، ސުޕްރީމް ކޯޓުން ފަނޑިޔާރުންތަކެއް ވަކިކުރުމަށްފަހު, އައްޔަންކުރީ ރައީސަށް ވަފާތެރި، ޝަރުތު ހަމަނުވާ ބޭފުޅުންކަމަށެވެ. އަދި އެއަށްފަހު މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ ހައިކޯޓުގެ އެންމެ ގާބިލު ފަސް ފަނޑިޔާރަކާއި ސިވިލް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރަން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
"މިއީ ޢަދުލު އިންސާފުގެ ނިޒާމުގެ މައްޗަށް ފުރިހަމަ ބާރު ހޯއްދެވުމަށް ނިޒާމީ ގޮތެއްގައި ކުރައްވާ މަސައްކަތެއް ކަމަށް ފެނޭ. އަޅުގަނޑުމެންގެ މުއައްސަސާތަކަށް މިއަށްވުރެ ރަނގަޅު ގޮތެއް ޙައްޤުވޭ" ހުސްނުއްސުޢޫދު ވިދާޅުވިއެވެ.
މި ފަނޑިޔާރުން މަޤާމުން ވަކިކުރުން ހެޔޮކަމަށް ދެއްކުމަށް ބޭނުންކުރާ މައްސަލަތަކަކީ އެއްވެސް އަސާސެއް ނެތް، ހަދަހަދައިގެން ދޮގެއްގެ މައްޗަށް ބިނާވެފައިވާ މައްސަލަތަކެއް ކަމަށާއި، މިއީ ސިޔާސީ ބޭނުމެއްގައި ހިންގާ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ހުސްނުއްސުއޫދު ވިދާޅުވީ އެ ފަނޑިޔާރުންނާމެދު އެ ބަލާ މައްސަލަތަކަކީ، އަދުލު އިންސާފު ގާއިމްކުރުމުގެ ނިޒާމުގެ ތެރޭ ތިބި މިނިވަން އަޑުތައް ފަނޑުކޮށްލުމަށް ކުރާ ކަމެއް ކަމަށެވެ.
މި ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާނެ ކަމަށް ތަކުރާރުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަނީ ވިދާޅުވަމުންނެވެ. އެހެންނަމަވެސް ސަރުކާރު އައި ފަހުން ސަރުކާރުގެ މަސްލަހަތު ހިމެނޭ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް ކުއްލިގޮތަކަށް ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށް އެ ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފެށިއެެވެ.
އެގޮތުން އޭސީސީއިން ޖޭއެސްސީއަށް ފޮނުވި ސިޓީއަކާ ގުޅިގެން ސަސްޕެންޑް ކުރީ ހުސްނުއްސުއޫދާއި މަހާޒް އަލީ ހާޒިރާއި, ޑރ. އަޒްމިރަލްދާ ޒާހިރެވެ. އޭގެ ތެރެއިން ސުއޫދު ވަނީ ސަސްޕެންޑް ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ އިސްތިއުފާ ދެއްވާފައެވެ. އަދި މަހާޒާއި އަޒްމިރަލްދާ ވަކި ކުރީ ކުރި ތުހުމަތަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު ވެސް ނުދީ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު