އިންފޮމޭޝަން ކޮމިޝަނަރ އާހިދު ރަޝީދު (ކ)
އިންފޮމޭޝަން ކޮމިޝަނަރ އާހިދު ރަޝީދު (ކ)
މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން، ކ. ގާފަރު ސްކޫލުން މައުލޫމާތު ހާމަކޮށްފައިނުވާތީ އެ ސްކޫލަށް ޖިނާއީ ދައުވާ ކޮށްދިނުމަށް އެދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް (ޕީޖީ އޮފީސް) ހުށަހަޅައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ކ. ގާފަރު ސްކޫލުން މައުލޫމާތު ހޯދަން އެދިފައި ވަނީ އާންމު ފަރާތަކުންނެވެ. އެ ފަރާތުން އެދިފައި ވަނީ ސިހުރާ ގުޅުންހުރި މައުލޫމާތުތަކެއް ހޯދުމަށެވެ.

އެކަމާ ގުޅިގެން އެސްކޫލުން ބައެއް މައުލޫމާތުތައް ފޯރުކޮށްދީފައިވާ ނަމަވެސް، އެފަރާތުން އެދިފައިވާ ހުރިހާ މައުލޫމާތެއް ފޯރުކޮށްދީފައިނުވާތީ އައިކޮމް އިން ވަނީ ދައުވާ ކޮށްދިނުމަށް ޕީޖީގައި އެދިފައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޕީޖީ އޮފީހާއި ޙަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ، އައިކޮމް އިން މި މައްސަލަ އެ އޮފީހަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އަދި އައިކޮމް އިން މިފަދައިން ހުށަހަޅާފައި ވަނީ، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ފޯރުކޮށްދިނުމަށް އެދުމުން ކ. ގާފަރު ސްކޫލުން އެކަށީގެންވާ މައުލޫމާތު ފޯރުކޮށްދީފައި ނުވާތީ ކަމަށެވެ.

މީގެ އިތުރުން، މައުލޫމާތު ނުދިނުމަށް ސްކޫލުން ނިންމި ނިންމުން އިސްތިއުނާފު ވެސް ކޮށްފައި ނުވާތީ އައިކޮމް އިން ދައުވާ ކޮށްދިނުމަށް ނިންމީއެވެ. ނަމަވެސް މި މައްސަލައިގައި ކ. ގާފަރު ސްކޫލަށް ދައުވާ ކުރުމާމެދު އަދި ޕީޖީ އޮފީހުން ވަކި ގޮތެއް ނުނިންމަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް