ވޭމަންޑޫގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ރަސްމީކޮށް ހުޅުވައިފިއެވެ.
މި އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ އިއްޔެ ތ. ވޭމަންޑޫގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ސެންޓަރު ހުޅުވައިދެއްވީ، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒު ބެލެހެއްޓުމާ ޙަވާލުވެހުރި، މިނިސްޓްރީ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އަލްއުސްތާޛު ޢަބްދުﷲ ސަޢުދާންއެވެ. މި ރަސްމިއްޔާތުގައި ތ. އަތޮޅު ކައުންސިލްގެ ރައީސް ޢަބްދުالله ޝަރީފް ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ވޭމަންޑޫގައި ހުޅުވުނު މި އައުޓްރީޗް ސެންޓަރުގައި ދެ ކްލާސް ރޫމާއި، އޮފީސް ބައެއް ހިމެނޭ ކަމަށެވެ. މިއީ އެ ރަށުގެ ރައްޔިތުންނަށް ކީރިތި ޤުރްއާން ކިޔެވުމުގެ ފުރުސަތު އިތުރުވެގެންދާނެ މުހިންމު ފިޔަވަޅެކެވެ.
މި ސެންޓަރުގެ ސަބަބުން ވޭމަންޑޫގެ ރައްޔިތުންގެ މެދުގައި ދީނީ ރޫޙު އާލާވެގެންދާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު