ކުރީގެ ރައީސް ޔާމީން އާއި ޕީއެންއެފްގެ އިސް ބޭފުޅުން-
ކުރީގެ ރައީސް ޔާމީން އާއި ޕީއެންއެފްގެ އިސް ބޭފުޅުން-
ސިޔާސީ މައިދާނުގައި އެންމެ ނަންހިނގާ ބޭފުޅަކީ ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމު ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ އަދި ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިހެން ވިދާޅުވެފައި ވަނީ ރޭ ޒުވާނުން އިސްނަގައިގެން ބޭއްވި "ރައިޒް އަޕް" އިވެންޓަށް އިޝާރާތް ކުރަމުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައެވެ. ރައީސް ޔާމީންވެސް ބައިވެރިވެވަޑައިގެންނެވި އެ އެއްވުމުގައި ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ.

އެކްސްގައި ހިއްސާކުރި ޕޯސްޓުގައި މަލީހް ވިދާޅުވީ ރޭގެ "ރައިޒް އަޕް" ޔޫތު އިވެންޓަކީ ޕީއެންއެފް އާ ދޭތެރޭ ޒުވާނުން ކުރާ އުންމީދު ދައްކުވައިދިން އިވެންޓެއް ކަމުގައެވެ.

ރޭގެ އިވެންޓުގައި ރައީސް ޔާމީން ވަނީ މި ދެ އަހަރު ދުވަހު މި ސަރުކާރުން ކުރި މަސައްކަތްތަކާއި، ނިކުތް ނަތީޖާއާ މެދު ވާހަކަފުޅުދައްކަވައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިކަމަށް އިޝާރާތް ކުރަމުން އެލްސްގައި ހިއްސާކުރި އިތުރު ޕޯސްޓެއްގައި މަލީހް ވިދާޅުވީ މުއިއްޒުގެ ދެއަހަރުގެ ރިޕޯޓު ކާޑު ހާމަވެއްޖެ ކަމަށާއި، ރައީސް ޔާމީން ވަރަށް ދީލަތިކޮށް މާކްސް ދެއްވައިގެންވެސް މުއިއްޒަށް ލިބިވަޑައިގަތީ 100 އަކުން 20 މާކްސް ކަމަށެވެ.

އަދި ސަރުކާރުގެ ވަސީލަތްތައް ބޭނުން ނުކޮށް، ހިތާ ރޫހުން ވަޑައިގެންނެވި 'ކްރައުޑު' ކުރިމަތީ ހާމަވީ ރިޕޯޓަކީ ލަދުވެތި ރިޕޯޓެއްކަމަށާއި، އެހެންކަމުން މުއިއްޒު ފެއިލް ވެއްޖެ ކަމަށްވެސް މަލީހް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް