ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް، ފަނޑިޔާރުކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ފައިސަލް ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވިކަން ހައިކޯޓުން ވަނީ ކަށަވަރު ކޮށްދީފައެވެ. ހައިކޯޓުންވަނީ ފައިސަލްގެ ހިދުމަތަށް ސޯޝަލް މީޑިއާގައި ޝުކުރު އަދާކޮށްފައެވެ. އެހެންނަމަވެސް، ފައިސަލް އިސްތިއުފާ ދެއްވި ސަބަބާއި ގުޅޭގޮތުން ހައިކޯޓަކުން ވަކި އެއްޗެއް ނުބުނެއެވެ.

ފަނޑިޔާރު ފައިސަލް މިއަދު ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވިއިރު އޭނާ ހިމެނިވަޑައިގަންނަވާ ގޮތަށް ހައިކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަތަކެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިހާރު ވަނީ ބަލަން ފަށާފައެވެ. އެ ފަނޑިޔާރުންގެ ތެރޭގައި ހިމެނެނީ ހައިކޯޓުގެ އެންމެ ސީނިއާ ފަނޑިޔާރުން ކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް