އިލެކްޓްރޯނިކް ވިސާ ނިޒާމަށް ބަދަލުކޮށް މޯލްޑިވިސް އިމިގްރޭޝަނުން އީ-ވިސާ ޖަހަން ފަށައިފި އެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މިއަދުން ފެށިގެން ރާއްޖޭގައި ބިދޭސީއަކު ހުންނަން ވިސާ އޮތް ކަމަށް ބަލާނީ އީ-ވިސާ ޖެހުމުން ކަމަށެވެ. އެ ބިދޭސީއެއްގެ ޕާސްޕޯޓުގައި ކުރިން ޖަހާފައިވާ ވިސާ އެއީ ވިސާ އޮތުން ކަމަށް ނުބަލާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ. ރާއްޖޭގައި މަސަައްކަތްކުރާ ބިދޭސީންގެ އީ-ވިސާގެ މުއްދަތު ބިނާވާނީ އެ މީހުންގެ ވޯކްޕާމިޓްގެ މުއްދަތަށް ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.
އިމިގްރޭޝަނުން ބުނީ މިއަދުން ފެށިގެން ރާއްޖެއަށް އެތެެރެވުމުގެ ހުއްދަ ދޭނީ ވެސް މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތް މީހަކަށް ކަމަށާއި ރާއްޖޭން ފުރޭނީ ވެސް އީ-ވިސާ އޮވެގެން ކަމަށެވެ.
ރާއްޖޭގައި މަސައްކަތް ކުރަން، އަލަށް ވޯކްޕާމިޓް ލިބިގެން އަންނަ މީހުންނަށް ރާއްޖެ އަށް އެތެރެވެވޭނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ދޫކުރާ އެންޓްރީ ޕާސް އޮވެގެން ކަމަށް ވެސް އިމިގްރޭޝަންގެ ޕޯސްޓުގައި ވަނީ ބުނެފައެެވެ.

ކިޔުންތެރިންގެ ހިޔާލު