ވިލިމާލޭގައި ޤާއިމުކުރާ 3 ކޮޓަރީގެ 300 ހައުސިންގ ޔުނިޓު ޚާއްޞަކުރާނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރޭގައި ހިމެނިގެން، މިރޭ، ވިލިމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ހައުސިންގ ޔުނިޓުތަކަކީ މާލޭ ސަރަޙައްދުގައި ޤާއިމުކުރައްވާނޭކަމަށް އިޢުލާންކުރައްވާފައިވާ ހައުސިންގ ޔުނިޓުތަކުގެ ތެރެއިން 300 ހައުސިންގ ޔުނިޓުކަމަށާއި، މި ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް މި އަހަރު ތެރޭ ފެށޭނޭކަމަށެވެ.
ހުޅުމާލޭ ހޮސްޕިޓަލް ޓަރޝަރީ ހޮސްޕިޓަލަކަށް އަޕްގްރޭޑް ކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ ހޮސްޕިޓާ އެހެންތަނަކަށް ބަދަލުކޮށްގެން މި މަސައްކަތްކުރާއިރު، ޚިދުމަތްދިނުމުގައި ކުރިމަތިވެދާނޭ ދަތިތައް ކުޑަކުރެއްވުމެއްޓަކައި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އެހީގައި ގޮތްތަކެއް ހަމަޖެއްސެވުމަށް މަސައްކަތްޕުޅުކުރައްވާނޭކަމަށެވެ. އަދި އެ ދަނޑިވަޅުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ކުރިއަށްގެންދަވާނޭ ކަމަށާއި، އެ މަސައްކަތް ކުރިއަށްދާނީ، ފެނާއި، ކަރަންޓާއި، ނަރުދަމާގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތާ އެކީގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ފެށޭ އަހަރު، ވިލިމާލޭގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކުރެއްވުމުގެ މަސައްކަތް ކުރައްވާނޭ ކަމަށާއި، ވިލިމާލޭގައި ޔޫ.އެސް ޑޮލަރު އޭޓީއެމްއެއް ބަހައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ވިލިމާލެއަކީ ވިލިމާލެއަށްވީތީ އިހުމާލުވެ، ތަފާތުކުރެވިފައި އޮންނަންޖެހޭކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށް ވިދާޅުވެ، މި ހުރިހާ ދުވަހު ވިލިމާލޭ ރައްޔިތުންނަށް ހާސިލުނުވެ ހުރި ކަންކަމާއި އިތުރު ކަންކަންވެސް ފުރިހަމަ ކުރެއްވުމުގެ އަޒުމުގައި ހުންނެވިކަން ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު