ކުރިއަށް ހުރި އިންތިހާބުތައް އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ ޕާޓީގެ ތެރޭގައި ބައިބައިވުންތައް ނައްތާލައިގެން "އެއްވެގެން" ކަމަށް އެޕާޓީގެ ޗެއާޕާސަން ކަމުގެ މަގާމުން ރޭ އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާޢިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދިންކަން ހާމަކޮށް ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ޗެއާޕާސަންގެ މަގާމުގައި ހޭދަކުރެއްވި މުއްދަތުގައި އެންމެ ބޮޑަށް ބެއްލެވީ އެ ޕާޓީގެ އެއްބައިވަންތަކަން ގާއިމްކޮށް "އެއްވެގެން" މަސައްކަތް ކުރެވޭތޯ ކަމަށެވެ. އަދި ޕާޓީއަށް ކުރިއެރުމެއް ހޯދުމަށްޓަކައި، އެއަށްވުރެ މުހިންމު ކަމެއް ނެތްކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
މާޒީގައި ހިތަށްވީ ތަދުގެ ބަދަލު ހޯދަން މަސައްކަތް ކުރުމަކީ އެމްޑީޕީއަށް ކުރިއެރުން ލިބޭ ތަނެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި މިހާރު އޮތް "ފިތުނަ" ނައްތާލުން ނުވަތަ އެ ވިސްނުން ބަދަލުކުރަންޖެހޭ ބަޔަކީ އެ ޕާޓީގެ ލީޑަޝިޕާއި ގައުމީ މަޖިލިހުގެ މެމްބަރުން ކަމަށެވެ. ހާއްސަކޮށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެބޭފުޅުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމުން އެމްޑީޕީ ސަލާމަތް ކުރުމަށް އޭނާ ކުރެއްވި މަސައްކަތްތައް ފައްޔާޒު ފާހަގަކުރެއްވިއެވެ.
ޗެއާޕާސަންގެ މަގާމުގައި ހުންނަވައިގެން އޭނާ އަބަދުވެސް މަސައްކަތް ކުރެއްވީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ "ސްޕްލިޓް" ނުވަތަ ބައިބައިވުން ނައްތާލުމަށް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ، ކުރިއަށް ހުރި އިންތިހާބުތައް ވެސް އެމްޑީޕީ އަށް ކާމިޔާބު ކުރެވޭނީ އެ ބައިބައިވުންތައް ނައްތާލައިގެން، ޕާޓީގެ ހުރިހާ މެންބަރުންނާއި އިސްވެރިން "އެއްވެގެން" މަސައްކަތް ކޮށްގެން ކަމުގައެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމުން ފައްޔާޒު އިސްތިއުފާ ދެއްވިއިރު އޭނާ މީގެ ކުރިން ވަނީ އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން ވެސް އިއުލާން ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު