ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި އެތައް މުހިންމު މާއްދާތަކެއް ބޭނުންވެއެވެ. މި މާއްދާތަކުގެ ތެރޭގައި އަޔަން ނުވަތަ ދަގަނޑަކީ ވަރަށް މުހިންމު އެއް މާއްދާއެވެ. އަޔަންގެ މައިގަނޑު މަސައްކަތަކީ ހަށިގަނޑުގެ ހުރިހާ ސެލްތަކަށް އޮކްސިޖަން އުފުލައިދިނުމަށް އެހީތެރިވުމެވެ. މީގެ އިތުރުން ހަކަތަ އުފެއްދުމާއި، ދިފާއީ ނިޒާމު ވަރުގަދަ ކުރުމުގައިވެސް އަޔަންގެ ރޯލު މުހިންމެވެ.
ހަށިގަނޑުގައި އަޔަން މަދުވުމަކީ ވަރަށް އާންމު ކަމެކެވެ. އަދި މިކަމުގެ ސަބަބުން ވަރުބަލިވުމާއި ނޭވާ ކުރުވުންފަދަ ގިނަ މައްސަލަތަކެއް ދިމާވެއެވެ. މިފަދަ ހާލަތްތަކުގައި ކާނާއަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މިފަހަރު މި ހިމަނާލަނީ އަޔަން މަދުވާނަމަ ކާންވީ ބައެއް ބާވަތްތަކެވެ.
ހަށިގަނޑަށް އެންމެ ގިނައިން އަޔަން ލިބޭނީ ރަތް ކުލައިގެ މަހާއި ކުކުޅު ފަދަ އެއްޗެހި ކެއުމުންނެވެ. މި ބާވަތްތަކުގައި ހިމެނޭ "ހީމް އަޔަން" ކިޔާ ބަވަތެއްގެ ސަބަބުން ހަށިގަނޑަށް ފަސޭހައިން އަޔަން ދަމައިގަތުމަށް އެހީވެދެއެވެ. މި ބާވަތްތަކުގެ މަސްތައް ކެއުމުން ހަށިގަނޑަށް ބޭނުންވާ އަޔަންގެ ބޮޑުބައެއް ފަސޭހައިން ލިބިދެއެވެ. އެހެންކަމުން، އަޔަން މަދުވެފައިވާނަމަ ކޮންމެ ދުވަހެއްގެ ކެއުމުގައި މިފަދަ މަސްތައް ހިމެނުމަކީ ވަރަށް ރަނގަޅު ގޮތެކެވެ.
ގަސްގަހާގެހިން ލިބޭ ބައެއް ކާނާގެ ބާވަތްތައް ކެއުމުންވެސް ހަށިގަނޑަށް އަޔަން ލިބެއެވެ. މިސާލަކަށް، މުގު، ބީންސް، ލެންޓިލްސް، ޗިކްޕީސް ފަދަ ލެގިއުމްސްތަކަކީ އަޔަންގެ އިތުރުން ގިނަ އަދަދަކަށް ފައިބަރުވެސް ހިމެނޭ ބާވަތްތަކެކެވެ. މި ބާވަތްތަކުގައި ހިމެނެނީ "ނޮން-ހީމް އަޔަން" ކަމަށް ވާތީ، ހަށިގަނޑަށް ދެމޭ މިންވަރު މަދުވެދާނެއެވެ. ނަމަވެސް ވިޓަމިން ސީ ގިނައިން ހިމެނޭ ކާނާއާ އެކު މި ބާވަތްތައް ކެއުމުން އަޔަން ދެމޭ މިންވަރު އިތުރުކޮށްދެއެވެ.
ފަތްޕިލާވެލީގެ ބާވަތްތަކަކީ ވެސް އަޔަން ލިބިގަތުމަށް ވަރަށް މުހިންމު އެއްޗިއްސެވެ. ކަންކުން އަދި މުރަނގަ ފަތް ފަދަ ގަދަފެހި ކުލައިގެ ފަތްޕިލާވެއްޔަކީ ގިނަ އަދަދަކަށް އަޔަން ހިމެނޭ ބަވަތްތަކެކެވެ. މި ބާވަތްތަކުގައި ވެސް ހިމެނެނީ ނޮން-ހީމް އަޔަން ކަމުން، ވިޓަމިން C އެކުލެވޭ ކާނާއާއެކު ކެއުމަކީ މުހިންމު ކަމެކެވެ. މިފަދަ ފަތްޕިލާވެލި ސޫޕް ހަދައިގެން ނުވަތަ ސެލެޑްގައި ހިމެނައިގެން ކެއުމުން ވަރަށް ފައިދާކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު