އެމްޑީޕީގެ ޗެއާޕާސަން މަގާމުން ރޭ އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާޢިލަށް އެޕާޓީގެ ރައީސް އަބުދުﷲ ޝާހިދު ތައުރީފް ކުރައްވައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމުން ފައްޔާޒު އިސްމާއިލް އިސްތިއުފާ ދެއްވުމާ ގުޅިގެން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒުގެ ޚިދުމަތްތަކަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވާފައި ވެއެވެ. ޝާހިދު ވަނީ ފައްޔާޒުގެ ހިއްމަތާއި އެމްޑީޕީއަށް ކުރެއްވި މުހިންމު ޚިދުމަތްތަކަށް ނުހަނު އިޚްލާޞްތެރި ޝުކުރު އަދާކުރައްވާފައެވެ.
ޚާއްސަކޮށް، ގޮންޖެހުން ބޮޑު ދަނޑިވަޅެއްގައި ފައްޔާޒު ދެއްކެވި ލީޑަރޝިޕާއި، ކެނޑިނޭޅި ކުރެއްވި މަސައްކަތްތަކަށް ބަލައިގަންނަވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވަނީ ފައްޔާޒުގެ ޚިދުމަތަށްޓަކައި އަދި އެންމެން ގަބޫލުކުރާ އަސާސީ އަގުތަކަށް އިތުބާރުކުރެއްވީތީ ޝުކުރު އަދާކުރައްވާފައެވެ.
އަދި ޕާޓީގެ ކުރިއަށް އޮތް މަސައްކަތްތަކުގައި ވެސް ފައްޔާޒުގެ އިރުޝާދާއި އެހީތެރިކަން ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބަ އޮތް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ފައްޔާޒު، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ހޮވިވަޑައިގަތީ މެއި 23، 2022ގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އިމްތިޔާޒު ފަހުމީއާ ވާދަކުރައްވައިގެންނެވެ.
ރޭ އެ މަގާމުން އިސްތިއުފާދެއްވައި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީއެއްގައި ފައްޔާޒު ވިދާޅުވީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގަތީ ވަރަށް ފޮނި އުންމީދުތަކާއެކު ކަމަށެވެ. ޕާޓީގެ ލީޑަރުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރައްވައި ފައްޔާޒު ވަނީ ޕާޓީ ހިންގުމަށް ހުރި ބައެއް ދަތިތައް ހާމަކުރައްވާފައެެވެ.
ފައްޔާޒު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން އޭނާ ފާޅުކުރައްވާފައިވާއިރު، އެހެން ބޭފުޅަކު ރަސްމީކޮށް އެ ކާކަން އިއުލާނުކުރައްވާފައި ނުވި ނަމަވެސް އެ ޝައުގުވެރިކަން ހުރި އެހެން ބޭފުޅުންވެސް އިސް ސަފުގައި ތިބި ކަމަށެވެ. އެކަމާ ގުޅިގެން ޕާޓީގެ އެތެރޭގައި ނުތަނަވަސްކަން އުފެދޭ މަންޒަރު މިހާރު ފެންނަ ކަމަށާއި އެކަމުގެ ސަބަބުން ޕާޓީގެ މަސައްކަތްތަކަށް ހިޔަނި އެޅޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު