ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު
ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު
އިދާރީ ދާއިރާތަކުގައި ހުރި ރައްޔިތުންގެ ބިން ކުއްޔަށް ދިނުމުގައި މޭޔަރުންނާއި، ރައީސުންނާއި، ކައުންދިލަރުންގެ މަސްލަހަތު އޮންމަ ވިޔަފާރިތަކަށް އިސްކަން ދިނުމަކީ ކޮރަޕްޝަން ކަމުގައި ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ޒަރިޔަންދު މިހެން ވިދާޅުވެފައި މިވަނީ މާލޭ މޭޔަރަކަށް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ހުންނެވިއިރު، 2023 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެ ވަނަ ބުރާ ދޭތެރޭގައި، ސީއެސްއާރުގެ ނަމުގައި ގަނޑުކޮށް ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު، އަލިމަސް ކާނިވާ ސަރަހައްދުން 10 ބިމެއް އަމިއްލަ ފަރާތްތަކަށް ކުއްޔަށް ދޫކޮށްލާފައިވާކަން ހާމަވެފައިވާ ދަނޑިވަޅެއްގައެވެ.

މިކަން ހާމަވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު މާލޭ ސިޓީ ކައުންސިލުން އާންމުކުރި މާލެ އާއި ވިލިމާލެއިން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ލިސްޓުންނެވެ.

މާލެ ސިޓީ ކައުންސިލުން އާންމުކުރި ބިންތައް ދޫކޮށްފައިވާ ގޮތުގެ ތަފުސީލީ ލިސްޓުން އެނގޭ ގޮތުގައި މުއިއްޒުގެ މޭޔަރުކަމުގައި، މާލެ ސިޓީ ކައުންސިލުގެ 157 ބިމުގެ ތެރެއިން 63 ބިން ކުއްޔަށް ދީފައިވެއެވެ. އެއީ ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ 40 ޕަސެންޓެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޒަރިޔަންދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންގެ ބައިވެރިވުމާއިއެކު އެ ދާއިރާއެއްގެ ތަރައްޤީގެ އަމާޒުތަކަށް ވާސިލުވުމަށް ދެފުއްފެންނަ ހަމަތަކަކުން ތަންފީޛުކުރާ އިދާރީ އިންތިޒާމެއް ކަމަށެވެ.

އެހެންނަމަވެސް މާލެ އާއި އެހެނިހެން އިދާރީދާއިރާތަކުގައި ހުރި ރައްޔިތުންގެ ބިން ކުއްޔަށްދިނުމުގައި އެ ސަރަހައްދެއްގެ މޭޔަރުންނާއި، ރައީސުންނާއި، ކައުންސިލަރުންގެ މަސްލަޙަތު އޮންނަ ވިޔަފާރިތަަކަށް އިސްކަންދިނުމަކީ، އެއީ ކޮރަޕްޝަންގެ އަމަލެއް ކަމުގައި ޒަރިޔަންދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް