މާލޭގައި އިންފްލުއެންޒާއާއި ޑެންގީ ހުން ވަރަށް ގަދައަށް ފެތުރެމުންދާތީ، ސަމާލުވުމަށް ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް އެދިވަޑައިގެންފިއެވެ.
އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވީ މާލޭގައި އިންފްލުއެންޒާ ވަރަށް ގަދައަށް ފެތުރެމުންދާ ކަމަށާއި މާލެ އަތޮޅުގައި ޑެންގީ ހުން ވަރަށް ބޮޑަށް ފެތުރެމުންދާ ކަަމަށެވެ. ޚާއްސަކޮށް މާލެ އަތޮޅު މާފުއްޓާއި، ހިންމަފުށީގައި ޑެންގީގެ ކޭސް އިތުރުވަމުންދާ ކަން ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ ބައެއް ކުދިންގެ ގައިގައި ރިއްސާވަރުން ނުހިނގޭ ހާލަތަށް ވެސް ދާ ކަމަށާއި، އިންފްލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުން މުހިންމު ކަމަށެވެ.
ޑެންގީ ހުމަކީ ޑެންގީ ވައިރަސްއާ ހެދި މަދިރީގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ. ޑެންގީ މަދިރި (އީޑީސް މަދިރި) ބަލި މީހެއްގެ ގަޔަށް ޖެއްސުމަށްފަހު، އެހެން މީހެއްގެ ގަޔަށް ޖެއްސުމުން މިބަލި ފެތުރެއެވެ. މި މަދިރި އާންމުކޮށް ގިނައިން ހަރަކާތްތެރިވަނީ ދުވާލުގެ ވަގުތުގައެވެ.
ޑެންގީގެ ޢަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުމާއި، ބޮލުގައި ރިއްސުން، މަސްތަކާއި ހުޅުތަކުގައި ރިއްސުން، ހަށިގަނޑުން ބިހި ނެގުން، މޭނުބައިކޮށް ހޮޑުލެވުން ހިމެނެއެވެ. ބައެއް ފަހަރު އަނގައިންނާއި ނޭފަތުން ލޭއައުމަކީ ބަލި ސީރިއަސްވާން ފަށާ ކަމުގެ ނިޝާނެކެވެ.
ޑެންގީއިން ރައްކާތެރިވުމަށް މަދިރި އުފެދޭ ތަންތަން ނައްތާލުން ވަރަށް މުހިންމެވެ.
އިންފްލުއެންޒާއިން ރައްކާތެރިވުމަށް ގިނަގިނައިން ސައިބޯނިލައިގެން އަތް ދޮވެ، ކެއްސާއިރު ނުވަތަ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރަން ސިއްހީ މާހިރުން ލަފާ ދެއްވައެެވެ. ބަލި ޖެހިއްޖެނަމަ ގޭގައި މަޑުކުރުމާއި، ކޮންމެ އަހަރަކު ވެކްސިން (ފްލޫ ޝޮޓް) ޖެހުމާއި، ބަލި ފެތުރޭ ދުވަސްވަރު މާސްކު އެޅުން މުހިންމެވެ.
މި ދެ ބައްޔަކީ ވެސް ސީރިއަސް ވެދާނެ ބަލިތަކެއް ކަމުން، ޢަލާމާތްތައް ފެންނަން ފެށުމުން ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު