އަތޮޅު ކައުންސިލްތައް އުވާލުމަށްޓަކައި ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހަކީ، ކޮންމެހެން ގެންނަންޖެހޭ މުހިންމު އިސްލާހެއް ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެެވެ.
އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން އަތޮޅު ކައުންސިލްތައް އުވާލަން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މި އިސްލާހު މަޖިލީހުން ފާސްކުރުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޤާސިމް ވަނީ، މި އިސްލާހަށް ތާއީދުކުރައްވާ ކަމަށް ހާމަކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޤާސިމް އިބްރާހީމް ވިދާޅުވީ ޤާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގެ 230 އަދި 231 ވަނަ މާއްދާގައި ހިމެނޭ އަތޮޅު ކައުންސިލްތަކާއި ގުޅޭ ބައި އުނިކޮށް އެ މާއްދާތައް އިޞްލާޙް ކުރުމަށް ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުން މަޖިލީހަށް ހުށަހެޅުއްވި މި އިސްލާހަކީ ވަރަށް މުހިންމު އަދި އެހާމެ މުނާސަބު އިޞްލާހެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ރާއްޖޭގައި ހިންގުމުގައި 2011 ވަނަ އަހަރުން ފެށިގެން ކުރެވިފައިވާ ތަޖްރިބާއިން ބަލާނަމަ، އަތޮޅު ކައުންސިލަކީ، ކޮންމެހެން ރާއްޖޭގެ ހާލަތުގައި އޮންނަށް ޖެހޭ ލޭޔަރެއް ނޫންކަން ހާމަވެފައިވާ ކަމަށެވެ. ރަށު ކައުންސިލްތަކުން ނިންމާ ނިންމުންތައް، އަތޮޅު ކައުންސިލް މެދުވެރިކޮށް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި މުއައްސަސާތަކަށް ދަތުރުކުރުމުގެ ބަދަލުގައި ސީދާ ރަށު ކައުންސިލުން ގުޅުންހުރި އިދާރާތަކަށް ހުށަހެޅިގެން ދިއުމުން، ރަށު ކައުންސިލްތަކުން ދޭން ބޭނުންވާ ޚިދުމަތް އަވަސްވެގެން ދިއުމާއި، ދައުލަތުގެ ހަރަދު ކުޑަވެގެން ދިއުމާއި، އެފިޝެންސީ އިތުރުވެގެން ދިއުމަކީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށް އާ ގާނޫނު އަސާސީ ވުޖޫދަށް ގެނައުމަށް އިސްދައުރެއް އަދާކުރެެއްވި ޚާއްސަ މަޖިލީހުގެ ރައީސް ކަން ވެސް ކުރެއްވި ޤާސިމް ވިދާޅުވިއެވެ.
އަދި ޚާއްޞަ ކޮށް 2023 ވަނަ އަހަރު މި ސަރުކާރުން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އުފައްދާފައިވާތީއާއި، އެ ވުޒާރާއިން ނުހަނު ޒިންމާދާރުކަމާއެކު، ލޯކަލް ޤަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އާއި ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދާއިރު، ރަށު ކައުންސިލްތަކުގެ، ނުވަތަ ސިޓީ ކައުންސިލްތަކުގެ ނިންމުންތަކުގައި އަތޮޅު ކައުންސިލުގެ ދައުރެއް ޖުމުލަގޮތެއްގައި ނެތް ކަމަށް ޤާސިމް ވިދާޅުވިއެވެ.
ގާނޫނުއަސާސީގެ 230 އަދި 231 ވަނަ މާއްދާ އިސްލާހުކޮށް، އަތޮޅު ކައުންސިލްގެ ބައި އެ މާއްދާތަކުން އުނި ކުރުމަށް މަޖިލީހަށް ހުށަހެޅުއްވުމުން، އެ ބިލް މަޖިލީހުގެ ޖަލްސާގައި ފާސްވެގެން ދިޔައީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 87 މެންބަރުންގެ ތެރެއިން 75 މެންބަރުންގެ ވޯޓުންނެވެ. މިކަމަށްޓަކައި ޕީއެންސީ ޕާލިމެންޓްރީ ގުރޫޕަށް ޤާސިމް ވަނީ އިޚްލާޞްތެރި މަރުހަބާ އާއި ތަޙްނިޔާ އަރިސްކުރައްވާފައެވެ.
މީގެ އިތުރުން ޤައުމުގެ ހިންގުން ހަރުދަނާކޮށް، އެފިޝެންސީ އިތުރުކޮށް، ޚަރަދުކުޑަކޮށް ޤައުމު ކުރިއަށްގެންދިއުމަށް އަޅުއްވާ މިފަދަ ކޮންމެ ފިޔަވަޅަކަށް އެމަނިކުފާނާއި ޖުމްހޫރީ ޕާޓީގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ލިބޭނެ ކަމުގެ ޔަޤީންކަން ޤާސިމް ވަނީ ދެއްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޤާސިމް އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި އިޞްލާޙް ވީހާވެސް އަވަހަކަށް ތަސްދީޤުކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މި ނިޒާމު ހަރުދަނާކުރެއްވުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވައި ޤާސިމް ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ޝުކުރު އަދާކުރައްވާފައެެވެ.
ސަރުކާރުން ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށްވެސް "އަތޮޅު ކައުންސިލް" މި ލަފުޒު އުނިކުރުމަށް ހުށަހެޅުމުގެ އިތުރުން، މުޅި އަތޮޅު ކައުންސިލްގެ ބާބު އުނިކުރުމަށާއި، އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި ރަށު ކައުންސިލްތަކުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ރިޕޯޓުކުރަން ޖެހޭ ގޮތް ހެދުމަށާއި، 2،000 މީހުންނަށްވުރެ އާބާދީ މަދު ރަށްރަށުގެ ކައުންސިލަރުންގެ އަދަދު ތިނަކަށް މަދުކުރަން ގާނޫނަށް އިސްލާހު ހުށަހަޅާފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް ސަރުކާރުން ހުށަހެޅީ "އަތޮޅު ކައުންސިލް"، މި ލަފުޒު އުނިކުރުމަށެވެ. އޭރުން މި ގާނޫނު އިސްލާހުވުމުން ދެން އިންތިޚާބުކުރަން ޖެހޭނީ ސިޓީ ކައުންސިލަރުންނާއި ރަށު ކައުންސިލަރުން ކަން ފާހަގަކުރެވެއެވެ.
މީގެ އިތުރުން، މި ގާނޫނު އިސްލާހުކުރުމުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ތިބޭނީ އިންތިޚާބުކުރާ ކައުންސިލަރުންގެ އަދަދަށެވެ. އެއީ 2،000 އަށް ވުރެ މަތީ އާބާދީއަކުން ފަސް ކައުންސިލަރުން އިންތިޚާބުކުރާ ނަމަ އެ އަދަދަށެވެ. އަދި އެ ކޮމިޓީތަކުގެ ރައީސުން ހޮވަންޖެހޭނީ އެ ރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުން ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު