އެމްޑީޕީ ހުއްޓިފައި އޮވެގެން ނުވާނެ ކަމަށާއި، މިއީ ރައީސް ސޯލިހު އާއި ރައީސް ނަޝީދު އެކީގައި ނިކުންނަވައި ޕާޓީ ވަރުގަދަ އަށް ހިންގާލަން ވީ ވަގުތު ކަމަށް އެ ޕާޓީގެ ފައުންޑިން މެންބަރު އަދި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މީމު އަތޮޅުގެ ކުރީގެ މެންބަރު އަހްމަދު ޝަފީގް (ސައްޕެ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެތެރޭގެ ޚިޔާލު ތަފާތުވުންތައް ބޮޑުވެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް އެމަގާމުން ދާދިފަހުން ވަނީ އިސްތިއުފާ ދެއްވާފައެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ އެތެރޭގައި ނުތަނަވަސް ކަން ބޮޑުވެ ރައީސް ސާލިޙާއި ރައީސް ނަޝީދާއި ފައްޔާޒާއި ދެމެދު މިފަހުން ވަނީ ބަހުގެ ހަމަލާތަކެއް ބަދަލު ކޮށްފައެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މީމު އަތޮޅުގެ ކުރީގެ މެންބަރު އަހްމަދު ޝަފީގް (ސައްޕެ) ވިދާޅުވީ އެ ޕާޓީ ހުއްޓިފައި އޮވެގެން ނުވާނެ ކަމަށެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ރައީސް މުހައްމަދު ނަޝީދު އެކީގައި ނިކުންނަވައި ޕާޓީ ވަރުގަދަ އަށް ހިންގާލަންވީ ވަގުތު ކަމަށް އޭނާ ވިދާޅުވިއެވެ.
"މިވަގުތަކީ މި އަނިޔާވެރި ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކޮށް އާސަންދަ ނިޒާމާއި ލާމަރުކަޒީ ނިޒާމު ސަލާމަތްކުރަންޖެހޭ ވަގުތު!" ކަމަށް ސައްޕެ ވިދާޅުވިއެވެ.
އަދި އެކަމަށް ބާރު އެޅުމަށްޓަކައި، އެމްޑީޕީގެ ޤައުމީ މަޖިލީހުން ރައީސް ސާލިޙާއި ރައީސް ނަޝީދު އެމްޑީޕީގެ ސްޕެޝަލް އެޑްވައިޒަރުންގެ ގޮތުގައި ހަމަޖައްސަން ސައްޕެ ވަނީ ގޮވާލައްވާފައެެވެ.
"މިވަގުތަކީ ދެ ރައީސުން ގުޅިވަޑައިގެން އެމްޑީޕީގެ ގަދަ ހިތްވަރާއި ޖޯޝާއި ފޯރި ނެރެދެއްވަންވީ ވަގުތު" ކަމަށް ސައްޕެގެ ޕޯސްޓުގައިވެއެވެ.
ސައްޕެ އަކީ އެމްޑީޕީ އުފައްދައި އެ ޕާޓީގެ ހަރަކާތްތައް އެންމެ ފުރަތަމަ ރާއްޖޭގައި ފަށައިގެން އައި އިރު އެ ޕާޓީގެ ހަރަކާތްތަކުން އިސްސަފުގައި ހަރަކާތްތެރިވި ބޭފުޅެކެެވެ. އަދި އޭރު އޮތް ރައީސް މައުމޫންގެ ސަރުކާރަށް ފާޑު ވިދާޅުވެ އެމްޑީޕީން ހިންގި ގިނަ މަގުމަތީ ހަރަކާތްތަކުން ވެސް ސައްޕެ ވަނީ ފެނިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު