ކުރީގެ ރައީސުންނަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ދެމުން އަންނަ 175،000 ރުފިޔާ އުނިކޮށް، ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް 25،000 ރުފިޔާގެ އިނާޔަތެއް ދޭން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.
ސަރުކާރުން ހުށަހެޅި މި އިސްލާހުގައި ވަނީ ކުރީގެ ރައީސުންނަށް އޮފީސް ހިންގުމުގެ ޚަރަދުކަމަށް ބަލައި ދެމުން އަންނަ 175،000 ރުފިޔާގެ އިނާޔަތް މެދުކަނޑާލުމަށެވެ. އަދި، ކުރީގެ ރައީސަކު ދެވަނަ ދައުރަކަށް އިންތިޚާބުވެ، ނުވަތަ ދައުލަތުގެ އެހެން މަޤާމެއް ފުރުއްވާނަމަ، އެ މުއްދަތުގައި މި އިނާޔަތްތައް ނުލިބޭނެ ގޮތަށް ވެސް އިސްލާހުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ކުރީގެ ރައީސަކު ރާއްޖެއިން ބޭރުގައި ދިރިއުޅޭ ނަމަ، އެ މުއްދަތުގައި އެ ބޭފުޅަކަށް ރައްކާތެރިކަން ފޯރުކޮށްދިނުން ލާޒިމުނުވާނެ ކަމަށް ވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން ނައިބު ރައީސުންނަށް ބައެއް އިނާޔަތްތައް ދިނުމަށް ވެސް އިސްލާހުގައި ވަނީ ހިމަނާފައެވެ. އެގޮތުން، މާލީ އިނާޔަތެއްގެ ގޮތުގައި މަހަކު 25،000 ރުފިޔާ، އަދި ދިވެހިރާއްޖެއާއި ބޭރު ޤައުމުތަކުން ދައުލަތުގެ ޚަރަދުގައި ހިލޭ ބޭސްފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ވަނީ ހުށައަޅާފައެެވެ.
ނަމަވެސް، ނައިބު ރައީސުން ވެސް ދައުލަތުގެ މަޤާމަކަށް ވަޑައިގެންފިނަމަ، އެ މުއްދަތުގައި އެ ބޭފުޅުންނަށް މި އިނާޔަތްތައް ނުލިބޭނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.
ޤާނޫނުގައި ކުރީގެ ނައިބު ރައީސުންނަށް އެއްވެސް އިނާޔަތެއް ލިބޭ ގޮތަށް މިހާރަކު ނޯވެއެވެ.
އާ އިސްލާހުގައި ބުނެފައިވާ ގޮތުން، އިޤްތިޞާދީ ތަދުމަޑުކަމަކާ ގުޅިގެން ޚަރަދު ކުޑަކުރުން ކޮންމެހެން މުހިންމުވާ ހާލަތެއް އަތުވެއްޖެނަމަ، ސަރުކާރުން ބޭނުންވާ ގޮތަށް ކުރީގެ ރައީސުންނާއި ނައިބު ރައީސުންނަށް ދެވޭ އިނާޔަތްތަކަށް ބަދަލު ގެނެވޭނެއެވެ. އެކަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާކަށް ލާޒިމެއް ނުވާނެއެވެ.
ކުރީގެ ރައީސުންނަށް އިނާޔަތް ދޭން ފެށީ 2009 ވަނަ އަހަރު އެވެ. މި ނިޒާމުގެ ދަށުން، އެއް ދައުރު ފުރިހަމަކުރައްވާފައިވާ ރައީސުންނަށް މަހަކު 50،000 ރުފިޔާގެ އިނާޔަތެއް ދެވޭއިރު، ދެ ދައުރު ފުރިހަމަކުރައްވާފައިވާ ރައީސުންނަށް މަހަކު 75،000 ރުފިޔާ ދެއެވެ. މީގެ އިތުރުން، ކުރީގެ ރައީސުންނަށް ދިރިއުޅުއްވުމަށް ބޭނުންވާ ތަނެއް ހަމަޖެއްސުމުގެ ޚަރަދަށް 50،000 ރުފިޔާ ދެމުން އަންނައިރު، އެ ބޭފުޅުންގެ އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައި ގާތްގަނޑަކަށް 175،000 ރުފިޔާ އަންނަނީ ދެމުންނެވެެ.

ކިޔުންތެރިންގެ ހިޔާލު