ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައިވާ ދައުލަތުގެ ތިން ބާރު އެއްވެ، އެ ބާރުތަކުގެ މެދުގައި ހުންނަންޖެހޭ ބެލެންސް ނެތިގޮސްފައިވާ ކަމަށް ކުރީގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސަޢުދު ޙުސައިން ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސަޢުދު ޙުސައިން ވިދާޅުވީ މިވަގުތަކީ ޤާނޫނު އަސާސީގައިވާ ދައުލަތުގެ ތިން ބާރު އެއްވެ، އެ ބާރުތަކުގެ މެދުގައި ހުންނަންޖެހޭ ބެލެންސް ނެތިގޮސްފައިވާ ހާލަތެއް ކަމަށެވެ. ސައުދު ވަނީ މިކަމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެދާނެ ނުރައްކާތަކަށް އިޝާރާތް ކުރައްވާފައެވެ.
ސަޢުދު ވިދާޅުވީ، ޤާނޫނު އަސާސީގެ ބެލެންސް އޮފް ޕަވަރ ދެމެހެއްޓޭނީ، ޤާނޫނު އަސާސީން ވަކިކޮށްފައިވާ ދައުލަތުގެ ތިން ބާރުގެ އިޚްތިސާސް، އޭގެ ފުރިހަމަ މާނައިގައި ދެމެހެއްޓިގެން ކަމަށެވެ. މި ތިން ބާރުގެ ބެލެންސް ހިފަހައްޓާ، ރައްޔިތުންގެ ވެރިކަން ރައްޔިތުންގެ ރަތްރޮގު ތެރޭގައި ދެމެހެއްޓޭނީ، މިނިވަންކަމާއެކު މަސްއޫލިއްޔަތު އަދާކުރެވޭނެ މާހައުލެއްގައި، އެފަދަ މެމްބަރުން ރައްޔިތުންގެ މަޖިލިސް ތަމްޞީލުކޮށްގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ ބާރު ދައުލަތުގެ ތެރޭގައި އަބަދުވެސް ގަދަވާނެ ކަމަށާއި، އެ ބާރުން ރައްޔިތުންނަށް ނިކަމެތިކަމާއި ދެރަލިބޭ ފަދަ އެއްވެސް ކަމެއް ވިޔަކަ ނުދޭނެ ކަމަށްވެސް ސަޢުދު ވިދާޅުވިއެވެ. ސަޢުދު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ސަރުކާރުގެ ގޮތްޕަކަށް ބަދަލުވެއްޖެ ނަމަ، އެނިކަމެތި ކޮށްލެވެނީ ރައްޔިތުން ކަމަށެވެ. އަދި މިފަދަ ހާލަތެއްގައި މަޖިލިސް މެމްބަރުން އުޅެންޖެހޭނީ ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންގެ ކައިރީގައި އަދޭސް ދަންނަވާ ނިކަމެތި ހާލަތެއްގައި ކަމަށް ސަޢުދު ވިދާޅުވިއެވެ.
"މިއީ ރައްޔިތުން ނިކަމެތި ކޮއްލުން!" ސަޢުދު ވިދާޅުވިއެވެ.
މިއަދުގެ ޙާލަތަކީ ޤާނޫނު އަސާސީގެ ތިން ބާރު އެއްވެ، ބެލެންސް ނެތިގޮސްފައިވާ ހާލަތެއް ކަމަށް ސަޢުދު ސިފަކުރައްވައި މި ހާލަތު ދެމިގެންދާނަމަ، ޤާނޫނު އަސާސީއަކީ އެއަށް އަމަލުނުކުރެވޭ ވާހަކަ ފޮތެއްހެން ގެންގުޅެމޭ، ފޮތަކަށް ވެގެންދާނެ ކަމުގެ އިންޒާރު ދެއްވިއެވެ.
ސައުދު މިހެން ވިދާޅުވެފައިވަމިވަނީ ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ބައެއް ގާނޫނުތަކަށާއި ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ދަނޑިވަޅެއްގައެެވެ.

ކިޔުންތެރިންގެ ހިޔާލު