މޫޑީޒް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ 2 ގައި ދެމެހެއްޓި ނަމަވެސް ކުރިން އޮތް "ނެގެޓިވް" އައުޓްލުކް "ސްޓޭބަލް" އަށް މޫޑީޒްއިން ބަދަލުކުރުމަކީ، ސަރުކާރުން ކުރިއަށްގެންދާ އިގްތިސާދީ އިސްލާހުތަކުގެ ހެޔޮ އަސަރުކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މޫޑީޒް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ 2 ގައި ދެމެހެއްޓި ނަމަވެސް ކުރިން އޮތް "ނެގެޓިވް" އައުޓްލުކް "ސްޓޭބަލް" އަށް މިއަދު ވަނީ ބަދަލުކޮށްފައެވެެ. އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، މި ރަނގަޅުވި އައުޓްލުކުން ދައްކައިދެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި މާލީ ނިޒާމަށް އިތުބާރު ބޮޑުވަމުންދާކަން ކަމަށެވެ.
މިނިސްޓަރު ޒަމީރު ވަނީ ބޭރުގެ ނާޒުކު މާލީ ކަންތައްތަކަށް ހައްލު ހޯދުމަށާއި، ގައުމުގެ މާލީ ހާލަތު ވަރުގަދަކުރުމަށް މި ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަން ފާހަގަކުރައްވާފައެވެ. އެފަދަ މުހިންމު އިސްލާޙުތަކުގެ ތެރޭގައި ބޭރުގެ ފައިސާގެ ލިކުއިޑިޓީ ރަނގަޅުވުމާއި، ޑޮލަރުގެ އާމްދަނީ އިތުރުވުމާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ވަރުގަދަ ކުރުމާއި ދަޢުލަތުގެ ބަޖެޓުން ހަރަދުކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން މާލީ ގޮންޖެހުންތައް ކުޑަކުރުމަށް އެހީތެރިވެފައިވާކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
މި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ މާލީ އަދި އިގްތިސާދީ މިސްރާބަށް އޮތް އިތުބާރު އަލުން ބިނާކުރުމަށް އެހީތެރިވެފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.
އަދި ސަރުކާރުގެ އިގްތިސާދީ އިސްލާހުތަކުގެ އެޖެންޑާ ކުރިއަށްގެންދާއިރު، މާލީ ހާލަތު ހަރުދަނާކުރުމަށާއި، ޒިންމާދާރުކަމާއެކު ދަރަނި މެނޭޖްކުރުމަށާއި، ދެމެހެއްޓެނިވި ދިގު މުއްދަތުގެ ކުރިއެރުމަށް ސަރުކާރުން އަބަދުވެސް އިސްކަންދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ޒަމީރު ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު