ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ކަނޑާލިޔަސް އެއްވެސް މައްސަލައެއް ނެތް ކަމަށާއި، އެމަނިކުފާނަށް ވާނެ ގެއްލުމެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
ޔާމީން މިހެން ވިދާޅުވީ، ކުރީގެ ރައީސުންނަށް ދޭ އޮފީސް ޚަރަދު އުނިކުރަން ސަރުކާރުގެ ފަރާތުން ގާނޫނަށް އިސްލާހު ހުށައަޅާފައިވަނިކޮށެވެ. އެމައްސަލައިގެ ބަހުސްގައި، ބައެއް ރައީސުން ވެރިކަން ކުރެއްވިއިރު ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ނަންގަވައި ބޮޑެތި ގެތައް އަޅުއްވާފައިވާ ކަމަށް ވިދާޅުވެ، އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވަނީ ޔާމިނަށް ނުސީދާ ކޮށް ފާޑު ވިދާޅުވެފައެވެ.
ޕީއެންއެފުން މިރޭ ބޭއްވި ޖަލްސާގައި ފަލާހުގެ ވާހަކަތަކަށް ރައްދުދެއްވަމުން ކުރީގެ ރައީސް ޔާމީން ވިދާޅުވީ ރައީސްކަން ކުރައްވާ ވަކިވެވަޑައިގެންނެވި ފަހުން ހަތް އަހަރު ވެއްޖެ ކަމަށާއި އެއިން އެންމެ ދުވަހެއްގައިވެސް ދައުލަތުގެ ބަޖެޓުން އެމަނިކުފާނުގެ އޮފީސް ހިންގަންވެސް އަދި އާއިލާއަށާއި އަމިއްލަފުޅު ބޭސްފަރުވާއަށްވެސް ލޯލާރިއެއްވެސް ހޭދަކުރައްވާފައި ނުވާނެ ކަމަށެވެ.
"ރައީސް ކަމުން ވަކިވިތާ ހަތް އަހަރުވީއިރު ސަރުކާރުގެ ބަޖެޓުން ލޯ ލާރިއެއްވެސް ނޯންނާނެ ނަގާފައި އޮފީސް ހިންގަން. ރައީސްކަމުން ވަކިވިތާ ހަތް އަހަރުވީއިރު އަޅުގަޑެއް އަޅުގަނޑުގެ އަނބިމީހާއެއް ނޯންނާނެ ޑޮކްޓަރަށް ދައްކާ އެންމެ ބިލެއްވެސް ދައުލަތަށް ފޮނުވާފައި. އިނާޔާތްތައް އުނި ކުރިޔަސް އަޅުގަނޑަށް ވާނެ ގެއްލުމެއް ނޯންނާނެ، ގެއްލުން ވަންޏާ ވާނީ ފަލާހުމެންގެ ރައީސަށް ފަހުން. ރައީސް ޔާމީންއޭ ކިޔާ އަނގަފުޅާ ކުރިވަރަކަށް ބޭލޭނީ ފަލާހުމެންގެ ސޯޓު،" މަޖިލީހުގައި ޕީޖީ ލީޑަރު ފަލާޙް ދެއްކެވި ވާހަކަތަށް ރައްދު ދެއްވައި ޔާމީން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު