ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާއެކު މަޝްވަރާ ހޯއްދެވުމަށް ބާއްވަވާ ބައްދަލުވުންތަކުގައި، އެ ބައްދަލުވުމުގެ ކުރިން ސުވާލު ނުވަތަ ޚިޔާލު ހުށައަޅަންޖެހޭކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.
ހީނާ ވަލީދު މިހެން ވިދާޅުވީ، ރައީސް މުޢިއްޒު މިހާރު މާލޭގެ އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުންނާއި އެކު ބާއްވަވާ ބައްދަލުވުންތަކުގެ ކުރިން ސުވާލު ނުވަތަ ޚިޔާލު ހުށައަޅަންޖެހޭކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ބައެއް ފަރާތްތަކުން މިފަދަ ވާހަކަތައް ދައްކަމުންދާތީ އެކަމަށް ރައްދުދެއްވައި، ރައީސްގެ ބައްދަލުވުންތަކުގެ އުސޫލުތައް ހާމަކުރައްވަމުން ހީނާ ވިދާޅުވީ، ރައްޔިތުންނާއި ގާތުން މަޝްވަރާކުރައްވައި، ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަކީ ރައީސް މުޢިއްޒުގެ ސިޔާސަތުގެ މުހިންމު ބައެއް ކަމަށެވެ.
އެގޮތުން މީގެ ކުރިން ބޭއްވުނު މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވި ކޮންމެ ރައްޔިތަކަށް ވެސް އެމީހެއްގެ ޚިޔާލާއި ކަންބޮޑުވާ ކަންކަމާއިބެހޭގޮތުން މިނިވަންކަމާއެކު އެބޭފުޅަކު ދައްކަވަން ބޭނުންފުޅުވާ ވާހަކައެއް ދެއްކެވުމުގެ ފުރުޞަތު ރައީސް ދެއްވާފައިވާކަން ހީނާ ވަނީ ފާހަގަކުރައްވާފައެެވެ. އެއްވެސް ބޭފުޅަކު ދުރާލާ ސުވާލު ނުވަތަ ޚިޔާލު އެއްވެސް ފަރާތަކާ ޙިއްސާ ކުރައްވާކަށް ޖެހިވަޑައެއްނުގަންނަވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ އިތުރަށް ވިދާޅުވީ، ކުރިއަށް ހުރި ބައްދަލުވުންތަކުގައިވެސް ޢަމަލުކުރައްވާނީ އެ އުޞޫލުން ކަމަށާއި، ރައްޔިތުންނަށް މިނިވަންކަމާއެކު ރައީސާ ވާހަކަދައްކައި، އެބޭފުޅުންގެ ޝުޢޫރުތައް ހާމަކުރުމުގެ ފުރުޞަތު ދެމި އޮންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު