ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރައްވަން ބާއްވަވާ ބައްދަލުވުންތަކުގައި އެކި ރައްޔިތުން އެމަނިކުފާނާ ކުރަން ބޭނުންވާ ސުވާލާއި ދޭން ބޭނުންވާ މެސެޖްތައް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދުރާލައި ނުހޯއްދަވަން އެމަނިކުފާނު އަންގަވައިފި އެވެ.
އެގޮތަށް ރައީސް މުޢިއްޒު އެންގެވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައެެވެ. ރައީސް ވަނީ، އެފަދަ ކަންކަން ތަކުރާރު ނުކުރެއްވުމަށް އިލްތިމާސް ކުރައްވައި މެސެޖެއް ފޮނުއްވާފައެވެ.
ރައީސް މިގޮތަށް މެމްބަރުންނަށް އިރުޝާދު ދެއްވާފައިވަނީ، އެމަނިކުފާނު ބާއްވަވާ ބައްދަލުވުންތަކަށް ރައްޔިތުން ހުށަހަޅާނެ ސުވާލުތައް ކުރިން ފޮނުވައިދިނުމަށް އެދި، މަޖިލީހުގެ މެންބަރަކު އެ ދާއިރާގެ މެންބަރުންގެ ގްރޫޕަކަށް މެސެޖް ކުރެއްވިކަން އެމަނިކުފާނަށް އެނގިވަޑައިގަތުމުން ކަމަށްވެއެވެ.
މިއީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ނޫންކަން މެންބަރުންނަށް ހާމަކުރައްވަމުން ވަޓްސް އަޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ރައްޔިތުންނާ އެކު ބާއްވަވާ ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ، ރައްޔިތުންނަށް ސީދާ ގޮތެއްގައި އެމަނިކުފާނާ ސުވާލުކުރުމާއި، މެސެޖްތައް ފޯރުކޮށްދިނުމާއި، ސިޓީ ހުށަހެޅުމުގެ ފުރުސަތު ދިނުން ކަމަށެވެ.
"މި ނޫން ގޮތަކަށް ރައްޔިތުން ގާތު ބައެއް އެމްޕީސް (ރައްޔިތުންގެ މަޖިލީހުގެ މެންބަރުން) މެސެޖްކޮށް ދަންނަވަމުން ދާތީ އެކަން އެގޮތަށް ނުކުރެއްވުމަށް ދަންނަވަން." ރައީސްގެ މެސެޖްގައިވެއެވެ.
ރައްޔިތުންނަށް ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލައިގެން ރަށްރަށުގައި ބޭއްވެވި ބައްދަލުވުންތަކަށް ފަހު ރައީސް މިހާރު ވަނީ މާލޭގެ ދާއިރާތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ސިލްސިލާ އެއް ފައްޓަވާފައެެވެެ. އެގޮތުން ވިލިމާލެއަށް ފަހު ރައީސް ވަނީ މިފަހުން މައްޗަންގޮޅީގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވައިފައެވެ. ދާއިރާގެ ގިނަ ބަޔަކު ބައިވެރިވި އެ ދެ ބައްދަލުވުމުގައި، ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސާ ސުވާލުކޮށްފައިވާއިރު އެކަންކަމަށް ރައީސް ވަނީ ޖަވާބު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު