ސަރުކާރު މުވައްޒަފުންގެ މުސާރަ ޕޭހަމަނައިޒް ކުރާއިރު އެ ފަރާތްތަކަށް ކުރިން ގެއަށް ގެންދަން ލިބޭ މުސާރަ ކުޑަވެގެން ނުވާނެ ކަން ކަށަވަރުކުރަންޖެހޭ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު، ވިދާޅުވެއްޖެއެެވެ.
ޑރ. ޝަމްހީދު މިފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. ޑރ. ޝަމްހީދު ވިދާޅުވީ، މުސާރަ ކުޑަވުމުގެ ގިނަ ޝަކުވާތަކެއް މުވައްޒަފުންގެ ފަރާތުން އޭނާއަށް ލިބެމުންދާ ކަމަށާއި، ގެއްލުންވި ފައިސާގެ އަދަދުތަކާއި ސްކްރީން ޝޮޓްތައް ވެސް މުވައްޒަފުން ފޮނުވަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެ ޝަކުވާ އެބަ އާދޭ. އަޅުގަނޑުމެންނަށް އެ ބޭފުޅުން އެބަ ފޮނުވާ، ހަމަ އެ ބޭފުޅުންނަށް ގެއްލުން ފައިސާގެ އަދަދުތައް ވެސް، ސްކްރީންޝޮޓްތައް ވެސް މިއަދު ވެސް،" ޑރ. ޝަމްހީދު ވިދާޅުވިއެވެ.
ޑރ. ޝަމްހީދު ވިދާޅުވީ، ޚާއްސަކޮށް އައިޖީއެމްއެޗް ފަދަ ތަންތަނުން ބައެއް މުވައްޒަފުންގެ މަހު އާމްދަނީ ފަސްހާހުން ހަހާސް ރުފިޔާއާ ދެމެދުގެ އަދަދަކަށް ދަށްވެފައިވާ ކަމަށެވެ.
ޑރ. ޝަމްހީދު ވިދާޅުވި ގޮތުގައި، މުވައްޒަފުންގެ މާލީ ކަންކަން ހަމަޖައްސައިގެން އުޅޭއިރު، ލޯނާއި އެހެނިހެން ޚަރަދުތައް ހަމަޖައްސަނީ ލިބޭ މުސާރައަށް ބަލައިގެންނެވެ. އެހެންކަމުން، ކުއްލިއަކަށް ލިބޭ އާމްދަނީން ބޮޑު އަދަދެއް އުނިވުމަކީ މާލީ ގޮތުން ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަން ޑރ. ޝަމްޙީދު ފާހަަގަކުރެއްވިއެވެ.
"ހަގީގަތުގައި ދެން މެނޭޖް ކުރާނެ އެއްވެސް ގޮތެއް ނޯންނާނެ،" ޑރ. ޝަމްހީދު ވިދާޅުވިއެވެ.
މިކަމަށް ހައްލެއް ހުށައަޅުއްވައި ޑރ. ޝަމްހީދު ވިދާޅުވީ ޕޭހަމަނައިޒް ކުރާއިރު، ފާއިތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި ކޮންމެ މުވައްޒަފަކު ވެސް ގެއަށް ގެންގޮސްފައިވާ އެވްރެޖް މުސާރަ ކުޑަނުވާނެ ގޮތަކަށް މިކަން ހަމަޖެއްސުން މުހިންމު ކަމަށެވެ. އޭނާ ވިދާޅުވީ ބޭސިކް ސެލެރީ ބޮޑުވި ނަމަވެސް، ޖުމްލަކޮށް އޯޓީއާއި ރިސްކް އެލަވަންސް ފަދަ އެހެނިހެން އެލަވަންސްތަކަށް ބަދަލު އައިސް، ގެއަށް ގެންދާ ޖުމްލަ އަދަދު މަދުވަންޏާ އެކަނަށް އެޑްރެސްކުރަން ޖެހޭނެ ކަމަށެވެ.
މި މައްސަލަ ދިމާވެފައިވާއިރު، ޑރ. ޝަމްހީދު ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމެޓީގައި އެކަން ކޮމެޓީގެ މެމްބަރުންގެ ސަމާލު ކަމަށް ގެންނަވާފައެެވެ. އޭނާ ވިދާޅުވީ، ޕީއެންސީގެ މެންބަރުންގެ ތާއީދާއެކު، މަޖިލީހަށް ކަމާބެހޭ ފަރާތްތައް ހާޒިރުކޮށް، މި މައްސަލަ ރައްޔިތުންނަށް ހާމަކޮށް، ހައްލެއް ހޯދުމަށް މަޖިލީހުގައި މަސައްކަތް ފަށާފައިވާ ކަމަށެވެ.
"މިކަމަށް ހައްލު ހޯދަން އަޅުގަނޑުމެން ހުރިހާ މެމްބަރުން ވެސް މިކަމަށް އިއްތިފާގުވެގެން އަޅުގަނޑުމެން އިއްޔެ މަޖިލީހުގަ މަސައްކަތް މި ފެށީ،" ޑރ. ޝަމްހީދު ވިދާޅުވިއެވެ.
މި މަހުން ފެށިގެން ޕޭ ހާމަނައިޒްކޮށް، ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް ވަނީ ބޮޑުކޮށްފައެވެ. މުސާރައަށް ގެނެސްފައިވާ ބަދަލުތަކާ އެކު އެންމެ ފުރިހަމަ ގޮތުގައި މުވައްޒަފުންނަށް މުސާރަ ލިބެން ފަށާނީ އަންނަ ޑިސެމްބަރު މަހު ލިބޭ މުސާރައާ އެކު ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. މުސާރަތަށް ބޮޑުކުރި ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް އާ ފްރޭމް ވޯކާއެކު މުވައްޒަފުން ގެއަށް ގެންދަން ލިބޭ މުސާރަ ކުޑަވެފައިވާ ކަމަށް ބުނެ ބައެއް މުވައްޒަފުން އަންނަނީ އިހުތިޖާޖްކުރަމުންނެވެ.
އެގޮތުން ދާދިފަހުން މުސާރަ ކުޑަވެފައިވާ ކަމަށް ބުނެ، އެކަމުގެ ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ކަޅު ހެދުމުގައި އޮފީހަށް ގޮސް، ހިމޭން އިހުތިޖާޖެއް ވެސް ވަނީ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު