އަވައްޓެރި، ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން، އާއިލާއާ ރައްޓެހިންގެ ހާލު ބަލަން ހިލޭ ގުޅޭނެ ގޮތް އުރީދޫއިން ހަމަޖައްސައިފިއެވެ.
އުރީދޫއިން ބުނީ، އެ ވިއްސާރައާ ގުޅިގެން 24 ގަޑިއިރު ހިލޭ ލަންކާއަށް ގުޅައި، އާއިލާއާ ރައްޓެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ކަމަށެވެ.
އެގޮތުން، ކުރިއަށް އޮތް 24 ގަޑިއިރަށް ކޮންމެ ކޯލް ސެޝަނެއްގެ ފުރަތަމަ ފަސް މިނެޓު ހިލޭ ލަންކާއަށް ގުޅޭނެ ކަމަށް އުރީދޫއިން މައުލޫމާތުދެއެެވެ.
އެ ކުންފުނީގެ އަމާޒަކީ، އުނދަގޫ ދަނޑިވަޅުތަކުގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބުން ކަމަށް އުރީދޫއިން ބުންްޏެވެ.
ލަންކާއަށް ހިލޭ ގުޅޭ ގޮތް އުރީދޫއިން ހަމަޖައްސައިދިންއިރު، ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހީން އުޅޭ ގައުމެކެެވެ. އަދި، ބޭސްފަރުވާ އާ އެހެނިހެން ކަންކަމުގައި އެ ގައުމަށް ދިވެހީން ވަރަށް ގިނައިން ގޮސް އުޅެއެެވެ.

ކިޔުންތެރިންގެ ހިޔާލު