ބިދޭސީން އަތުލައިގަތުމަށް ހިންގާ އޮޕަރޭޝަންގެ ތެރެއިން
ބިދޭސީން އަތުލައިގަތުމަށް ހިންގާ އޮޕަރޭޝަންގެ ތެރެއިން
އިކޮނޮމިކް މިނިސްޓްރީން ބިދޭސީން ގަވައިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ރިޕޯޓް ކުރަން ހުޅުވާލިތާ 14 ގަޑިއިރު ތެރޭގައި 29 ތަނެއް ރިޕޯޓް ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވީ ރައީސް އުފެއްދެވި ނޭޝަނަލް ޓާސްކް ފޯސްގެ އޮޕަރޭޝަންތައް މިއަދު މެންދުރުފަހު ފަށާނެ ކަމަށެވެ. އަދި އެ އޮޕަރޭޝަންގައި ޢާއްމުން ރިޕޯޓް ކޮށްފައިވާ 29 ތަނެއް ބަލައި ފާސްކޮށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިއަދު މެންދުރުފަހުން ފެށިގެން، މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ނޭޝަނަލް ޓާސްކް ފޯސްގެ އޮޕަރޭޝަންތައް ފަށާނެ. އަދި ރިޕޯޓު ކުރެއްވި ވަރަކަށް އެފަދަ ތަންތަން ބަލައި ފާސްކޮށް، ޤާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން." މިނިސްޓަރ ސަޢީދު ވިދާޅުވެފައިވެއެވެ.

އިކޮނޮމިކް މިނިސްޓަރ ވަނީ ޢާއްމުން ރިޕޯޓު ކުރާ ވަރަކުން ޤަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ބަލައި ފާސްކޮށް، ގާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅަމުންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވިދާޅުވެފައެވެ.

މާލޭގެ ރައްޔިތުންނާއެކު ރައީސް ބާއްވަމުންދާ ބައްދަލުވުންތަކުގައި ރައްޔިތުންދަނީ ބިދޭސީން ކުރަމުންދާ ވިޔަފާރިތަކުގެ ޝަކުވާތައް ރައީސަށް ޙިއްސާ ކުރަމުންނެވެ. އަދި ރައީސް ވަނީ ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވައި އެކަންކަމަށް އަވަސް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް